ޓްރެންޑިންގLoading...
Logo
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ފުވައްމުލަކުގެ ފަރާތުން ބިޒް ޓޯކްގެ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފި
ޚަބަރު

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ފުވައްމުލަކުގެ ފަރާތުން ބިޒް ޓޯކްގެ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

August 23, 2026ކިފާހް

ވޯލްޑް އެންޓަރޕްރިނިއާރޝިޕް ޑޭ ފާހަނގަ ކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ފުވައްމުލައް އިން ބިޒް ޓޯކް ގެ ނަމުގައި ޚާސްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.  މި ހަރަކާތަކީ ވިޔަފާރީގައި ހަރަކާތްތެރިވާ ފުވައްމުލަކު އަންހެނުނަށް ޚައްސަކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެގޮތުން ވިޔަފާރި މައިދާނުގައި ކުރީއްސުރެ އުޅުއްވާ (އެސްޓަބްލިޝްޑް) ފަރާތްތަކާއި އަލަށް މިދާއިރާއަށް ނުކުންނަވާ ބޭފުޅުން ނުރަސްމީ މާހައުލެއްގައި އެބޭފުޅުންގެ ތަޖުރިބާ އެއްބަޔަކު އަނެއްބަޔަކާ ހިއްސާ ކުރުމަށް ބޭއްވި މި އިވެންޓް އޮތީ 21 އޯގަސްޓް 2026 ވީ ހުކުރު ދުވަހުގެ ރޭ ކަނދޮވަލި އަތިރީގައެވެ.

މި އިވެންޓްގައި ފުވައްމުލަކުގައި އެކި ކަހަލަ ވިޔަފާރިތަކުގައި އުޅުއްވާ 22 ފަރާތަކުން ބައިވެރިވެފައިވީއިރު އިވެންޓްގެ އެންމެ މުހިންމު ބޭނުމަކީ ވިޔަފާރީގެ ކާމިޔާބީގެ ވާހަކަ(ސަކްސެސް ސްޓޯރީސް) ހިއްސާ ކުރުމުގެ ތެރެއިން އާ ވިޔަފާރިވެރިންނަށް ހިތްވަރު ދިނުމެވެ. އަދި ސިލްސިލާކޮށް ކުރިޔަށްދާ ހަރަކާތެއްގެ ގޮތުގައި މިކަން ވެގެންދާނެކަމަށްވެސް މައުލޫމާތު ލިބެއެވެ. ފުވައްމުލަކުގެ ވިޔަފާރީގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނާ ބީ.ސީ.ސީ ފުވައްމުލަކާއި ގާތް ގުޅުމެއް މިހާރުވެސް އޮންނަކަމަށާއި އަދި ކުރިޔަން އޮތް ތަނުގައި މިގުޅުން އިތުރަށް ބަދަހިކޮށް ވީހާވެސް ގިނަ ރޮނގު ރޮނގުން ފުވައްމުލަކުގައި ވިޔަފާރި ކުރައްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ވިސްނުންވެސް ބީސީސީއިން ގެންގުޅުއްވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ