ޓްރެންޑިންގLoading...
Logo
ނުރަސްމީ ދަތުރުފުޅެއްގައި ޖަޕާން އެމްބަސީގެ ހެޑް އޮފް ޕޮލިޓިކަލް އެފެއާޒް، މިސް އޮހްޔާމާ ޓޮމޯކޯ އިއްޔެ ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރައްވައިފި
ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ޖަޕާން އެމްބަސީގެ ހެޑް އޮފް ޕޮލިޓިކަލް އެފެއާޒް، މިސް އޮހްޔާމާ ޓޮމޯކޯ އިއްޔެ ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރައްވައިފި

August 22, 2026ކިފާހް

ތިނަދޫ ސިޓީގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަނގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކަށް މިސް އޮހޮޔާމާ ވަޑައިގަތީ އިއްޔެ ހަވީރުއެވެ. އެއާޕޯޓުން އެކަމަނާޔަށް މަރްހަބާ ވިދާޅުވީ ފުވައްމުލައްސިޓީގެ މޭޔާރ އިސްމާއިލް ރަފީގްއާއި ޑެޕިއުޓީމޭޔަރ މުޙައްމަދު ލިރާރުގެ އިތުރުން ފުވައްމުލަކުގެ އެކި ދާއިރާތަކުގެ ކައުންސިލަރުންނާއި ކައުންސިލްގެ އިސްވެރިންނެވެ.

މިސް އޮހޮޔާމާ ފުވައްމުލަކަށް ކުރައްވި ދަތުރުގެ މަގްސަދަކީ ގްރާންޓް އެސިސްޓެންސް ފޯ ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް(ޖީ.ޖީ.ޕީ) ގެ ތެރެއިން ފުވައްމުލަކުގައި މިވަގުތު ކުރިޔަށްދާ ދެ ޕްރޮޖެކްޓެއްގެ މަސައްކަތް ބައްލަވާލެވުން ކަމުގައި ފުވައްމުލައް ސިޓީކައުނސިލުން މައުލޫމާތު ދެއެވެ.

ޖީ.ޖީ.ޕީ އަކީ ޖަޕާން ސަރުކާރުގެ އޮފިޝަލް ޑިވެލޮޕްމެންޓް އެސިސްޓެންސްގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ގްރާންޓް ދިނުމުގައި އިސްކަންދެވޭ ބައެއް ދާއިރާތަކަކީ ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ އަދި ގުދުރަތީ ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރު ކުރުންފަދަ ކަންކަމެވެ.

ސިޓީ ކައުންސިލުން މާއިރިއާ ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވީ މިސް އޮހޮޔާމާގެ މި ދަތުރުފުޅުގައި. ކައުސިލްއާއި ބައްދަލުކުރައްވައި މިސިޓީ ތަރައްޤީ ކުރަންބޭނުންވާ ދާއިރާތަކުން އެހީތެރިކަން ދިނުމާގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. މީގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލްގައި ޖަޕާން ސަރުކާރުގެ އެހީގައި ބެހެއްޓުމަށް ތައްޔާރުވަމުންދާ އިންސިނެރޭޓަރ ބެހެއްޓުމުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި ޖީ.ޖީޕީ ގެ ތެރެއިން ސިޓީކައުންސިލްގެ ފަރާތުން ފުވައްމުލަކަށް ހޯދާފައިވާ ކާދު ތައްޔާރުކުރާ މެޝިން ބަހައްޓައި އެ މެޝިން ބޭނުންކުރަން ފެށުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވާފައިވެއެވެ. މި ކާދު މެޝިން ބެހެއްޓެނީ ވެމްކޯ ފުވައްމުލަކު ސައިޓުގައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު  މިސް އޮހޮޔާމާ މިއަނދު ހަވީރު ވަނީ ފުވައްމުލަކުން ފުރާވަޑައިގަންނަވާފައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ