ޓްރެންޑިންގLoading...
Logo
އިންޓަރއޮފީސް ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ މެޗު ފެނަކަ އިން ކާމިޔާބުކުރިއިރު ދެވަނަ މެޗު ކާމިޔާބުކުރީ އެމް.ޓީ.ސީ.ސީ އިން
ކުޅިވަރު

އިންޓަރއޮފީސް ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ މެޗު ފެނަކަ އިން ކާމިޔާބުކުރިއިރު ދެވަނަ މެޗު ކާމިޔާބުކުރީ އެމް.ޓީ.ސީ.ސީ އިން

August 20, 2026ކިފާހް

ފުވައްމުލައް ސިޓީކައުންސިލުން އިންތިޒާމްކޮށްގެން މިހާރު ފުވައްމުލަކުގައި ކުރިއަށްގެންދާ ފުވައްމުލައް ސިޓީ ކައުންސިލް އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ މެޗުގައި  އެސްޓީއޯ އާރު ސީ ގެ މައްޗަށް ފެނަކަ އިން ކުރި ހޯދީ ތިން ގޭމް ދެ ގޭމުންނެވެ. ފެނަކައިގެ އަބްދުﷲ ނާސިރު އަޙްމަދާއި އަލީ މަސީހް އަދި އެސް ޓީ އޯ ގެ އަހްމަދު އާސިމް އާއި އަހްމަދު ނަވީޒް ބައްދަލްކުރި ފުރަތަމަ މެންސް ޑަބަލްސް ސީދާ ދެ ގޭމުން ކާމިޔާބުކުރީ ފެނަކައިންނެވެ.

މެޗުގެ ފުރަތަމަ ވިމެންސް ޑަބަލްސްގައި ފެނަކައިގެ އައިޝަތު އިބްރާޙިމް އާއި މަރިޔަމް ދިޔާނާ އަދި އެސް.ޓީ.އޯ ގެ ޚަދީޖާ މުހައްމަދު އާއި ޒުލްފާ މުހައްމަދު ބައްދަލްކުރިއިރު މި ޓައި ދެ ގޭމް، އެއް ގޭމުން ކާމިޔާބުކޮށްފައިވަނީ އެސް.ޓީ.އޯ އިންނެވެ. މެޗުގެ ދެވަނަ މެންސް ޑަބަލްސްގައި ފެނަކައިގެ އަބްދުﷲ ނާސިރު އަޙްމަދާއި އަހްމަދު ރަޝީދު އަދި އެސް.ޓީ.އޯ ގެ އަޙްމަދު ނަވީޒް އާއި މުޙައްމަދު ނަސީރު އަލީ ބައްދަލުކުރިއިރު މި ޓައި ދެ ގޭމް އެއް ގޭމުން ކާމިޔާބު ކޮށްފައިވަނީ އެސް.ޓީ.އޯ އިންނެވެ.

ފެނަކައިގެ އަބްﷲ ނާސިރު އަޙްމަދާއި  އަޙްމަދު ރަޝީދު އަދި އެސް.ޓީ.އޯ ގެ އަޙްމަދު ނަވީޒާއި މުޙައްމަދު ނަސީރު އަލީ ބައްދަލްކުރި މެޗުގެ ތިންވަނަ ޓައި މެންސް ޑަބަލްސް ސީދާ 2 ގޭމުން ކާމިޔާބުކޮށްފައިވަނީ ފެނަކައިންނެވެ. މުބާރާތުގެ ދެވަނަ ވިމެންސް ޑަބަލަސް ގައި ފެނަކައިގެ އައިޝަތު އިބްރާހިމް އާއި އައިމިނަތު ނަސްރީ އަދި އެސް.ޓީ.އޯ ގެ ޒުލްފާ މުޙައްމަދު އާއި މަރިޔަމް ސައީދު ބައްދަލުކުރި އިރު މި ޓައި ސީދާ ދެ ގޭމުން ކާމިޔާބުކޮށްފައި ވަނީ ފެނަކައިންނެވެ.

މެޗުގެ ފަހު ޓައި މިކްސް ޑަބަލްސްގައި ފެނަކައިގެ ހުސެއިން އަހްމަދު ހުސެއިން އާއި މަރިޔަމް ދިޔާނާ އަދި އެސް.ޓީ.އޯ ގެ އަޙްމަދު އާސިމް އާއި ޚަދީޖާ މުހައްމަދު ބައްދަލުކޮށް ސީދާ ދެ ގޭމުން ކާމިޔާބުކޮށްފައި ވަނީ އެސްޓީއޯ އިންނެވެ. މިއާއިއެކު ތިނެއް ދޭއް އިން މެޗު ކާމިޔާބުކޮށްފައިވަނީ ފެނަކައިންނެވެ.

މުބާރާތުގެ ދެވަނަމެޗުގައި އިއްޔެ ހަވީރު ވެމްކޯގެ މައްޗަށް އެމް.ޓީ.ސީ.ސީ އިން ކާމިޔާބު ހޯދީ ތިނެއް ދޭއްގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ މެންސް ޑަބަލްސް ގައި ވެމްކޯގެ އާފާގު އަލީ އާއި ވިސާލް އަޙްމަދު ގެ މައްޗަށް އެމް.ޓީ.ސީ.ސީ ގެ ހުސެއިން ރަޝީދު އާއި ހަސަން ރިޔާޒު (ބަބާ) ކުރި ހޯދީ ދެ ގޭން އެއް ގޭމުންނެވެ. މެޗުގެ ފުރަތަމަ ވިމެންސް ޑަބަލަސް ގައި ވެމްކޯގެ އައިމިނަތު އަރީޝާ އާއި ޚަދީޖާ ޝިރުމީނު، އެމް.ޓީ.ސީ.ސީ ގެ ފާތިމަތު އިބްރާހިމް އާއި މަފާޒާ ނިޒާމްގެ މައްޔަށް ކުރި ހޯދީ ސީދާ ދެގޭމުންނެވެ.

މެޗުގެ ދެވަނަ މެންސް ޑަބަލަސްގައި އެމްޓީސީސީ ގެ ހުސެއިން ރަޝީދު އާއި ގާސިމް މުޙައްމަދު، ވެމްކޯގެ އާފާގު އަލީ އާއި މުޙައްމަދު ރާއިދު ވާސިފް ގެ މައްޗަށް ކުރި ހޯދާފައިވަނީ ދެ ގޭމް އެއް ގޭމުންނެވެ. ވެމްކޯގެ އައިމުނަތު އަރީޝާ އާއި އައިމިނަތު ނަޒްރާ އަދި އެމް.ޓީ.ސީ.ސީ ގެ އަނޫޝާ އަޙްމަދު އާއި ފާތިމަތު އިބްރާހިމް ބައްދަލުކުރި ދެވަނަ ވިމެންސް ޑަބަލސް ސީދާ ދެ ގޭމުން ކާމިޔާބުކުރީ ވެމްކޯއިންނެވެ.

މެޗުގެ ފަސްވަނަ ޓައި މިކްސް ޑަބަލްސްގައި ވެމްކޯގެ އައްބާސް އިބްރާހިމް އާއި ފާތިމަތު އާމިރާގެ މައްޗަށް އެމް.ޓީ.ސީ.ސީ ގެ ހަސަން ރިޔާޒު (ބަބާ) އާއި މަފާޒާ ނިޒާމް ކާމިޔާބު ހޯދާފައިވަނީ ސީދާ ދެ ގޭމްއިންނެވެ.

މުބާރާތުގެ މެޗެއް މިއަނދު ހަވީރުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިމެޗުގައި ބައްދަލު ކުރާނީ ފެނަކަ ފުވައްމުލައް އަދި ކްލަބް ވެމްކޯއެވެ. މެޗު ފެށޭގަޑިއަކީ ހަވީރު 16:15 އެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ