ޓްރެންޑިންގLoading...
Logo
ހަތަރު ޓީމާއެކު ފުވައްމުލައް ސިޓީކައުންސިލް އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް ފަށައިފި
ކުޅިވަރު

ހަތަރު ޓީމާއެކު ފުވައްމުލައް ސިޓީކައުންސިލް އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް ފަށައިފި

August 20, 2026ތާރިގް

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުވައްމުލައް ސިޓީކައުންސިލް އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް އިއްޔެ ފަށައިފި އެވެ. މި މުބާރާތަކީ ފުވައްމުލަކުގައި ގާއިމުވެގެންހިންގާ ސަރުކާރު އޮފީސްތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ބާއްވާ މުބާރާތެކެވެ.

މިހިނގާ އޮގަސްޓް މަހުގެ 18 އިން 25 އަށް ކުރިޔަށްދާ މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ފެނަކަ ފުވަށްމުލަށް، ކްލަބް ވެމްކޯ، އެސް.ޓީ.އޯ އާރު ސީ އަދި ޓީމް އެމް.ޓީ.ސީ.ސީ އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކޮންމެއަހަރަކުވެސް ކުރިޔަށްގެންދާ މި މުބާރާތުގެ މަގްސަދަކީ ފުވައްމުލަކުގައި ފަރުދީ ފެންވަރުގައި ބެޑްމިންޓަންކުޅޭ ކުޅުންތެރިންތަކެއް އުފެއްދުމާއި ބެޑްމިންޓަން ކުޅޭ ކުޅުންތެރިންގެ ފެންވަރު މަތިކުރުމާއި އެކު ފުވައްމުލަކުގައި ބެޑްމިންޓަންގެ މަގުބޫލްކަން އިތުރު ކުރުމާއި، އަދި ފުވައްމުލައް ސިޓީގެ އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ރަށުގެ ރައްޔިތުންގެ އިޖްތިމާއީ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ލީގް އުސޫލުން ކޮންމެ ޓީމެއް ކޮންމެޓީމަކާ ބަށްދަލުކޮށް އެންމެ ގިނަ ޕޮއިންޓު ލިބޭ ދެ ޓީމުގެ މެދުގައި ފައިނަލް ކުޅެވޭ ގޮތަށް ކުރިޔަށް ގެންދާ މި މުބާރާތުގެ މެޗުތައް ކުޅެނީ ފުވައްމުލައް ސިޓީ އިންޑޯ ބެޑްމިންޓަން ހޯލުގައި ކޮންމެ ދުވަހެއްގެ ވެސް ހަވީރު 16:15 ގައެވެ. މި މުބާރާތުގެ ފައިނަލްމެޗް އޮންނާނީ އޯގަސްޓ 25 ވާ އަންގާރަ ދުވަހުގެ ހަވީރު 16:15 ގައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ