
ބީޗް ވޮލީ މުބާރާތުގައި 15 ޓީމް ވާދަކުރާނެ
ސާކް ސަމިޓްގެ ސައިޑް ހަރަކާތްތަކުގެ ތެރޭގައި ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބީޗް ވޮލީ މުބާރާތުގައި 15 ޓީމް ބައިވެރިވެފައިވާކަމަށް މުބާރާތުގެ ކަންތައްތަކުގައި އިސްވެ އުޅުއްވާ ފުވައްމުލަކު އަތޮޅުކައުންސިލް މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.
ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ޝާހު ވިދާޅުވީ ފުވައްމުލަކުގެ އަވަށްތަކަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ދެޖިންސު ވަކިން ކަމުގައެވެ. މުބާރާތުގައި ބައިވެރިވެފައިވަނި އަންހެން ހަތް ޓީމާއި ފިރިހެން އަށްޓީމެވެ. އަންހެނުންގެ ބައިގައި ދިގުވާނޑުން ބައިވެރިއެއްނުވެއެވެ.
ނިވެމްބަރު އެކަކުން ހަތަރަކަށް ބޭއްވުމަށޤ ހަމަޖެހިފައިވާ މިމުބާރާތުގެ ގުރުއަތުލުމުގެ ކަންތައްވަނީ ނިމިފައެވެ. ދެޖިންސުވެސް ދެގުރޫޕަކަށް ބަހާލައިގެން ކުރިއަށޤގެންދަން ރާވާފައިވާ މިމުބާރާތުގެ މެޗުތައް ހެންދުނާއި ހަވީރުވެސް ކުރިއަށް ގެންދިއުމަށްވަނީ ރާވާފައެވެ.
މުބާރާތް ކުޅުމަށްޓަކައި ބޭނުންވާ ކޯޓުއެޅައިދޭނޭ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު މިއަދު ހަމަވިއިރު ތިން ފަރާތަކުން އެކަމަށް ކުރިމަތި ލައިފައިވާކަމަށް އަތޮޅު ކައުންސިލްގެ އިދާރާއިން މައުލޫމާތު ދެއްވައެވެ. ނަމަވެސް ކަމާ ބެހޭ ފަރާތުން އަދި ވަކިޖަވާބެއް ނުލިބޭތީ މަސައްކަތް އެއްވެސްފަރާތަކާއި ހަވާލު ކޮށްފައިނުވާކަމަށްވެސް މައުލޫމާތު ދެއްވައެވެ.
ބީޗް ވޮލީ ކޯޓު އަޅަން ހަމަޖެހިފައިވަނި ދަޑިމަގުއަވަށުގައި އެ އަވަށުގެ މީހުން މިހާރުވެސް ވޮލީކުޅޭ ކޯޓު އޮތް ސަރަހައްދުގައި އެކޯޓާއި އިންވެގެންނެވެ.
ކޮމެންޓް
ލޯޑިންގ...
