ޓްރެންޑިންގLoading...
Logo
އެއާޕޯޓް ސަރަހައްދުގެ ސެކިއުރިޓީ ފެންސް ޖެހުމުގެ މަސައްކަތް މިމަހުގެ 20 ށް ނިންމުމަށް މަސައްކަތް ކުރަނީ
ޚަބަރު

އެއާޕޯޓް ސަރަހައްދުގެ ސެކިއުރިޓީ ފެންސް ޖެހުމުގެ މަސައްކަތް މިމަހުގެ 20 ށް ނިންމުމަށް މަސައްކަތް ކުރަނީ

October 12, 2011ތާރިގް

ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ޖެހުމަށް ހަމަޖެހިފައިވާ ސެކިއުރިޓީ ފެންސް ޖެހުމުގެ މަސައްކަތް މިމަހުގެ ވިހި ހިސާބަށް ނިންމާލެވޭނޭ ކަމަށް އެމަސައްކަތުގެ ސަބް ކޮންޓްރެކްޓަރާ ހަވާލާދީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެޖެއެވެ.

އެއާޕޯޓްގައި ފެންސްޖެހުމަށް ހަމަޖެހިފައިވަނީ އަށްފޫޓުގެ އުސްމިނަށް ދަގަނޑު ހޮޅިން ފްރޭމް ހަދައި ދާޖަހައި މަތީގައި ކަށިނަރުޖަހާ ގޮތަށެވެ. ފެންސަށް ބޭނުންވާ ފްރޭމް ހެދުމުގެ މަސައްކަތް ވަނީ މީގެ ހައެއްކަ ދުވަސްކުރިން ފަށާފައެވެ. އަދި ބިމަށް ޖަހަންޖެހޭ ހޮޅި ޖެހުމަށްޓަކައި އަޅަން ޖެހޭ ބުޑު އެޅުމަށްޓަކައި ވަޅު ކޮނުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށައިފައެވެ.

ޝާހިދު ވިދާޅުވީ ފެންސް ޖެހުމަށް ހަމަޖެހިފައިވަނީ އެއާޕޯޓް ސަރަހައްދު މުޅިން ވަކިކޮށްލެވޭ ގޮތަށް އެއާޕޯޓްގެ ޖަމާލުއްދީނު ނައިބުތުއްތު މަގު (ތާރަމަގޮ) އާވީ ފަޅީގައެވެ. 

އިތުރަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ އެއާޕޯޓް ޓާމިނަލްގެ މަސައްކަތް ޝެޑިއިލަށްވުރެ ތަންކޮޅެއް ފަހަތަށް ޖެހިފައިވީނަމަވެސް މިހާރު ހިތްހަމަޖެހޭފަދަ ބާރު ސްޕީޑޭއްގައި ކުރިއަށް ދާކަމަށާއި ޓާމިނަލްގެ މަސައްކަތްވެސް މިމަހުގެ 25 އަށް ނިންމާލެވޭނކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާކަމުގައެވެ.

އެއާޕޯޓްގެ ރަންވޭއާއި އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ގާއިމްކޮށް ނިއްމުމަށްފަހު މި މަހު ފަހުކޮޅު އެއާޕޯޓް އޮޕަރޭޓްކުރަން ފެށުމަށް އެސްޓީއޯއިން ދަނީ ތައްޔާރުވަމުންނެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ