ޓްރެންޑިންގLoading...
Logo
ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ
މިއަނދުގެ މެޗުގެތެރެއިން ފޮޓޯ:މާއިރި
ކުޅިވަރު

ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ

October 29, 2026ކިފާހް

މިހާރު ކުރިއަށްދާ "ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތް 2026" ގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެއެވެ. ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވީ މިއަދު ކުޅެވުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްފަހުއެވެ.

މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޑީއެސްއާރުސީ ގޮމަ އާއި ޔުނައިޓެޑް ދިގުވާނޑު އެވެ. މި މެޗުގައި ޔުނައިޓެޑް ދިގުވާނޑުން ފުރަތަމަ ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ވަނީ 124 ލަނޑު ހަދާފައެވެ. ޖަވާބުގައި ޑީއެސްއާރުސީ ގޮމަ ކުޅެން އަރައި އެ ޓީމަށް ހެދުނީ 81 ލަނޑެވެ. މިއާއެކު 43 ލަނޑުގެ ތަފާތަކުން މެޗު ކާމިޔާބުކުރީ ޔުނައިޓެޑް ދިގުވާނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޔުނައިޓެޑް ދިގުވާނޑުގެ ޚަދީޖާ ސަމާއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބައްދަލުކުރީ މާލެގަން ކަނބަލުން އާއި މިސްކިތްމަގު އެންމެންގެ ގުޅުން އެވެ. މި މެޗުގައި މާލެގަން ކަނބަލުން ފުރަތަމަ ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި ހެދުނީ 47 ލަނޑެވެ. ޖަވާބުގައި މިސްކިތްމަގު އެންމެންގެ ގުޅުމުން ކުޅެން އަރައި 6 އޯވަރުގެ ތެރޭގައި 49 ލަނޑު ހަދައި، އަށް ވިކެޓުން މެޗު ކާމިޔާބުކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ އާއިޝަތު ހަފްސާއެވެ.

މި ނަތީޖާތަކާއެކު، ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ގްރޫޕް އެކެއް ގެ އެއްވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ދިގުވާނޑު ނުކުންނާނީ ގްރޫޕް ދޭއްގެ ދެވަނަ ހޯދި މިސްކިތްމަގު އެންމެންގެ ގުޅުން އާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ގްރޫޕް 2 ގެ އެއްވަނަ ހޯދި އެކުވެރި ފުނާޑު ނުކުންނާނީ ގްރޫޕް 1 ގެ ދެވަނަ ޓީމު ޑީއެސްއާރުސީ ރަނިން އާ ދެކޮޅަށެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 17:00 ގައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ