ޓްރެންޑިންގLoading...
Logo
ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތް: އިއްޔެގެ މެޗުތައް ޑީއެސްއާރުސީ ރަނިން އަދި އެކުވެރި ފުނާޑުން ކާމިޔާބުކޮށްފި
ޑީއެސްއާރުސީ ރަނިން އަދި ފިސްޑާ އޮމަލާސް ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: ފުވައްމުލައް ސިޓީކައުންސިލް
ކުޅިވަރު

ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތް: އިއްޔެގެ މެޗުތައް ޑީއެސްއާރުސީ ރަނިން އަދި އެކުވެރި ފުނާޑުން ކާމިޔާބުކޮށްފި

October 29, 2026ކިފާހް

ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތް 2026 ގައި އިއްޔެ ކުޅެވުނު މެޗުތައް ޑީއެސްއާރުސީ ރަނިން އަދި އެކުވެރި ފުނާޑުން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗު ޑީއެސްއާރުސީ ރަނިން ކާމިޔާބުކުރީ ފިސްޑާ އޮމަލާސްއާ ވާދަކޮށެވެ. މި މެޗުގައި ފިސްޑާ އޮމަލާސް ފުރަތަމަ ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ހެދުނީ 78 ލަނޑެވެ. ޖަވާބުގައި ޑީއެސްއާރުސީ ރަނިން ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި 80 ލަނޑު ހަދައިގެން މެޗު ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޑީއެސްއާރުސީ ރަނިން ޓީމުގެ އާއިޝަތު ހުދާއެވެ.

ހޯދަޑާއި އެކުވެރި ފުނާޑު ބައްދަލުކުރި އިއްޔެގެ ދެވަނަ މެޗުގައި، ފުރަތަމަ ކުޅެން އަރައި ހޯދަޑަށް 8 އޯވަރުގެ ތެރޭގައި ހެދުނީ 74 ލަނޑެވެ. ޖަވާބުގައި އެކުވެރި ފުނާޑުން ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 80 ލަނޑު ހަދައިގެން މެޗު ކާމިޔާބުކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެކުވެރި ފުނާޑު ޓީމުގެ ނާދިޔާ ޔޫސުފެވެ.

މިއަދު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން ހަވީރު 16:00 ގައި ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑީއެސްއާރުސީ ގޮމަ އަދި ޔުނައިޓެޑް ދިގުވާނޑެވެ. އަދި 17:00 ގައި ފެށުމަށް ހަމަޖެހިފައިވާ ދެވަނަ މެޗުގައި ބައްދަލުކުރާނީ މާލެގަން ކަނބަލުން އަދި މިސްކިތްމަގު އެންމެންގެ ގުޅުމެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ