ޓްރެންޑިންގLoading...
Logo
ކައުންސިލް 19 އަހަރުންދަށުގެ ހޭންޑްބޯޅަ މުބަރާތް ސްޕޮންސަރ ކުރަން ހުޅުވާލައިފި
ޚަބަރު

ކައުންސިލް 19 އަހަރުންދަށުގެ ހޭންޑްބޯޅަ މުބަރާތް ސްޕޮންސަރ ކުރަން ހުޅުވާލައިފި

October 28, 2026ކިފާހް

ފުވައްމުލައް ސިޓީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ކުޅިވަރު ކަލެންޑަރުގައި ހިމެނައިގެން ބެއްވުމަށް ހަމަޖެހިފައިވާ "ފުވައްމުލައް ސިޓީ ކައުންސިލް އަންޑަރ 19 ހޭންޑްބޯޅަ މުބާރާތް 2026" ސްޕޮންސަރ ކުރުމަށް ކައުންސިލުން ހުޅުވާލައިފިއެވެ. މިއީ ޒުވާނުންގެ ކުޅިވަރު ހުނަރު ތަރައްޤީކޮށް، އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކަށް ތައްޔާރުވާނެ ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ބޭއްވާ މުބާރާތެކެވެ.

ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވައިލުމަށް ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިފަދަ މުބާރާތްތައް ކާމިޔާބުކޮށް ނިންމާލެވެނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމުގައެވެ. އެގޮތުން، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގެ އެކިއެކި ބައިތައްވެސް ސްޕޮންސަރު ކުރުމަށް ހުޅުވާލާކަމުގައެވެ. ސްޕޮންސަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހެނީ އީމެއިލް މެދުވެރިކޮށް، 12 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކައުންސިލް އިދާރާގެ youth@fuvahmulah.gov.mv މެއިލް އެކައުންޓަށެވެ.

އިއުލާނާއި އެކު ކައުންސިލުން އާންމުކޮށްފައިވާ ސްޕޮންސަރޝިޕް ޕްރޮޕޯސަލްގައިވާ ގޮތުން މައިގަނޑު ބައިތަކުގެ ގޮތުގައި ހިމެނެނީ ޓައިޓްލް ސްޕޮންސަރ (15000-20000)، މެއިން ސްޕޮންސަރ (10000-15000) އަދި ކޯ ސްޕޮންސަރ (8000-10000) އެވެ. މީގެ އިތުރުން ފަސް ޕާޓްނަރޝިޕް ސްޕޮންސަރ އަކަށްވެސް ހުޅުވާލާފައިވެއެވެ. މީގެތެރޭގައި ހިމެނެނީ، ޗެމްޕިއަންޝިޕް އެވާޑް ޕާޓްނަރ، ޖާޒީ ޕާޓްނަރ، މެޗް އިކްއިޕްމަންޓް ޕާޓްނަރ، ރިފްރެޝްމަންޓް ޕާޓްނަރ އަދި ޕްރިންޓިން ޕާޓްނަރުންނެވެ. ބޭނުންވާ ފަރާތްތަކަށް މުބާރާތް ހިނގަމުންދާދުވަސްވަރު ދަނޑުގައި ޢިޝްތިހާރު ބެނަރ ބެހެއްޓުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އިޝްތިހާރު ބެނަރ އެއްގެ އަގު ކަމުގައި ކައުސިލުން ބަޔާންކޮށްފައިވަނީ 1500 ރުފިޔާއެވެ.

ކައުނސިލުން ބާއްވާ މިކަހަލަ މުބާރާތްތަކަކީ ކައިވްކުރާ އަދި ކުޅޭތަނަށް ހާޒިރުވެގެންވެސް ގުމނަ ބަޔަކު ބަލާ މުބާރާތްތަކެކެވެ. އެހެންކަމުން މިއީ ވިޔަފާރިތައް ޕްރޮމޯޓު ކުރުމަށް އޮތް ރަނގަޅު ފުރުސަތެކެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ