
ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތުގެ އިއްޔެގެ މެޗުތައް އެކުވެރި ފުނާޑު އަދި ޑީއެސްއާރުސީ ރަނިން ކާމިޔާބުކޮށްފި.
ހަމައެކަނި އަންހެނުންނަށް ކުޅެވޭގޮތަށް ރޭވިގެންދާ ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތު 2026 ގައި އިއްޔެ ކުޅެވުނު މެޗުތައް އެކުވެރި ފުނާޑު އަދި ޑީއެސްއާރުސީ ރަނިން ކާމިޔާބުކޮށްފިއެވެ.
އިއްޔެގެ ފުރަތަމަ މެޗު ޑީއެސްއާރުސީ ރަނިން ކާމިޔާބުކުރީ ޑީއެސްއާރުސީ ގޮމައާ ވާދަކޮށެވެ. މި މެޗުގައި ފުރަތަމަ ކުޅެންއަރައި 8 އޯވަރުގެ ތެރޭގައި ޑީއެސްއާރުސީ ގޮމައަށް ހެދިފައިވަނީ 92 ލަނޑެވެ. ޖަވާބުގައި ކުޅެންއަރައި ހަތް އޯވަރުގެ ތެރޭގައި 94 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައިވަނީ ޑީއެސްއާރުސީ ރަނިންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޑީއެސްއާރުސީ ރަނިންގެ އާމިނަތު މައިސު އަހްމަދެވެ.
އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކުރީ މާލެގަން ކަނބަލުން އަދި އެކުވެރި ފުނާޑެވެ. މި މެޗުގައި ފުރަތަމަ ކުޅެންއަރައި 8 އޯވަރުގެ ތެރޭގައި މާލެގަން ކަނބަލުން ޓީމަށް ހެދިފައިވަނީ 102 ލަނޑެވެ. ޖަވާބުގައި ކުޅެންއަރައި އެކުވެރި ފުނާޑުން ވަނީ ހަތް އޯވަރުގެ ތެރޭގައި 103 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެކުވެރި ފުނާޑު ޓީމުގެ ނާދިޔާ ޔޫސުފެވެ.
މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދުގެ ފުރަތަމަ މެޗު (މުބާރާތުގެ ނުވަ ވަނަ މެޗު) ގައ ބައްދަލުކުރާނީ ފިސްޑާ އޮމަލާސް އަދި ޑީއެސްއާރުސީ ރަނިންއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ގައެވެ. މިއަދުގެ ދެވަނަ މެޗު (މުބާރާތުގެ 10 ވަނަ މެޗު) ގައ ބައްދަލުކުރާނީ ހޯދަޑު އަދި އެކުވެރި ފުނާޑެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 17:00 ގައެވެ.
ކޮމެންޓް
ލޯޑިންގ...
