
ކައުންސިލް ކްރިކެޓް މުބާރާތުގެ އިއްޔެގެ މެޗުތައް ޔުނައިޓެޑް ދިގުވާނޑު އަދި މިސްކިތްމަގު އެންމެންގެ ގުޅުމުން ކާމިޔާބުކޮށްފި
މިހާރު ފުވައްމުލަކުގައި އަންހެނުންނަށް ޚާއްސަކޮށްގެން ފުވައްމުލައް ސިޓީކައުންސިލުން ބާއްވަމުންދާ ފުވައްމުލައް ސިޓީކައުންސިލް ކްރިކެޓް މުބާރާތް 2026 ގައި އިއްޔެ ކުޅެވުނު މެޗުތައް ޔުނައިޓެޑް ދިގުވާނޑު އަދި މިސްކިތްމަގު އެންމެންގެ ގުޅުން އިން ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑް ދިގުވާނޑު ފިސްޑާ އޮމަލާސް އާއި ބައްދަލުކުރި މެޗުގައި އެ ޓީމުން 80 ލަނޑު ހަދާފައިވާއިރު ފިސްޑާ އޮމަލާސް އަށް ހެދިފައިވަނީ 76 ލަނޑެވެ. މިއާއެކު 6 ލަނޑުގެ ތަފާތަކުން މެޗުން މޮޅުވީ ޔުނައިޓެޑް ދިގުވާނޑެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ ޔުނައިޓެޑް ދިގުވާނޑުގެ ޖާޒީ ނަންބަރު 5 އައިޝަތު ހަނީފާއެވެ.
އިއްޔެގެ ދެވަނަ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުން ޓީމު މޮޅުވެފައިވަނީ ހޯދަޑާއި ބައްދަލުކޮށެވެ. މެޗުގައި ހޯދަޑަށް ހެދިފައިވަނީ 80 ލަނޑެވެ. މިސްކިތްމަގު އެންމެންގެ ގުޅުމުންވަނީ 82 ލަނޑު ހަދައި 2 ލަނޑުގެ ތަފާތަކުން މެޗު ކާމިޔާބުކޮށްފައެވެ.
މިއަނދުވެސް މުބާރާތުގެ ދެ މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން 16:00 ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑީއެސްއާރުސީ ރަނިން އަދި ޑީއެސްއާރުސީ ގޮމަ އެވެ. މިއަނދުގެ ދެވަނަމެޗުގައި ބައްދަލުކުރާނީ މާލެގަން ކަނބަލުން އަދި އެކުވެރި ފުނާޑުއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 17:00 ގައެވެ.
ކޮމެންޓް
ލޯޑިންގ...
