ޓްރެންޑިންގLoading...
Logo
ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުން ރޭ ބާއްވައިފި
ޝަރަފުވެރި މެހެމާނު ޑެޕިއުޓީމޭޔާރ ޟިރާރު ދަރިވަރަކާއި އިނާމު ހަވާލުކޮށް ދެއްވަނީ. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ޚަބަރު

ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުން ރޭ ބާއްވައިފި

October 26, 2026ކިފާހް

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މި ހިނގާ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ބޭއްވި "އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ، ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2026" ގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާ ރޭ ބާއްވާފިއެވެ. މިޖަލްސާ ބާއްވާފައިވަނީ ފުވައްމުލަކު ޙާފިޒް އަޙްމަދު ސްކޫލްގައެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީކައުންސިލްގެ ޑެޕިޔުޓީ މުހައްމަދު ޟިރާރުއެވެ.

މިބާރާތުގެ ނަތީޖަތަކަށް ބަލާއިރު، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ދުރުބުއްނޫރު ޤުރުއާން ކްލާހުގެ ޢަލީ އަޤްޔަސް އަޙްމަދެވެ. ދެވަނަ ދަރިވަރަކީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ހޫދް ބިން މުޙައްމަދެވެ. އަދި ތިންވަނަ ދަރިވަރަކީ ހިދާޔަތުލް ޤުރުއާން ކްލާހުގެ ޢާއިޝަތު އަންޝް ބިންތި ޙަސަން ތައުފީޤެވެ.

މުޅި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ވަނަ ދެ ދަރިވަރަކު ހޯދާފައިވެއެވެ. އެއީ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގެ އާމިނަތު ރާޔާ ރަޝީދު އާއި ހަމަ އެ ސްކޫލްގެ ޔަޢުޤޫބް ބިން މުޙައްމަދު ޒާހިރެވެ. މި ބައިން ދެ ވަނަ ހޯދީވެސް ބްރައިޓްވޭ އިންޓަރނޭޝަނަލްގެ ދަރިވަރެއްކަމަށްވާ ޔޫސުފް ބިން އަޙްމަދު ޙަސަނެވެ. މި ބައިން ތިން ވަނަ ހޯދީ ޒިކުރާ ޔޫނިއަންގެ މުޙައްމަދު އިޒާން އަޙްމަދެވެ.

މުބާރާތުގެ ޖޫނިއަރ ގްރޫޕުން އެއްވަނަ ޖަމްޢިއްޔާ/ޖަމާޢަތަކީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ދެވަނަ ހޯދީ ޢަލީ ޒަހީރު އެކެޑަމީއެވެ. ތިންވަނަ ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މުބާރާތުގެ ސީނިއަރ ގްރޫޕުން ޖަމްޢިއްޔާ/ޖަމާޢަތްތަކުގެ ބައިން އެއްވަނަ ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ. ދެވަނަ ހޯދީ ޢަލީ ޒަހީރު އެކެޑަމީއިންނެވެ. އަދި ތިންވަނަ ހޯދީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ.

މުބާރާތުގެ ޖޫނިއަރ ގްރޫޕުން އެއްވަނަ ސްކޫލް/ކްލާސް ގެ މަޤާމު ހޯދީ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުންނެވެ. މި ބައިން ދެވަނަ ހޯދީ ދުރުބުއްނޫރު ޤުރުއާން ކްލާހުންނެވެ. އަދި ތިންވަނަ ހޯދީ އައިޑިއަލް ސްކޫލުންނެވެ. ސީނިއަރ ގްރޫޕުގެ އެއްވަނަ ސްކޫލް/ކްލާސްގެ މަޤާމު ހޯދީ އިޤްރައު އެކެޑަމީއިންނެވެ. ދެވަނަ ހޯދީ ދުރުބުއްނޫރު ޤުރުއާން ކްލާހުންނެވެ. އަދި ތިންވަނަ ހޯދީ ޙިދާޔަތުން ޤުރުއާން ކްލާހުންނެވެ.

މީގެ އިތުރުންވެސް ގިނަ ވަނަތަކެއް ހޮވާފައިވެއެވެ. އެ ގޮތުން ފައުންޑޭޝަން ސްޓޭޖުން ކީސްޓޭޖް ދޭއްއާއި ހަމައަށް ބަލައިގެން އަދި ނުބަލައި ކިޔެވި ކުދިންގެ ތެރެއިން ދެ ބައި ވަކިން އެންމެ މޮޅު 5 ދަރިވަރުން ހޮވާފައިވެއެވެ. އަދި ކީސްޓޭޖް ތިނެއް އިން ފަހެއް އާއި ހަމަޔަށް ކޮންމެ އުމުރުފުރާއެއްގެވެސް ބަލައިގެން އަދި ނުބަލައި ކިޔެވި ކުދިންގެ ތެރެއިން ދެ ބައި ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ދަރިވަރު ހޮވާފައިވެއެވެ. މީގެ އިތުރުން ޚާއްޞަ ކެޓަގަރީގައި ބައިވެރިވި ހުރިހާ ދަރިވަރުންގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން ޓްރޯފީއާއި ހަނދާނީ ލިޔުން ދީފައިވެއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ