ޓްރެންޑިންގLoading...
Logo
ސިޓީ ކައުންސިލް ކްރިކެޓް މުބާރާތް 2026 ގެ އިއްޔެގެ މެޗުތަކުގައި އެކުވެރި ފުނާޑު މޮޅުވިއިރު، ޑީއެސްއާރުސީ ރަނިން އާއި ޔުނައިޓެޑް ދިގުވާނޑު ބައްދަލުކުރި މެޗު ވީ އެއްވަރު
އިއްޔެ ހަވީރު ކުޅެވުނު މެޗެއްގައި ކުޅުންތެރިއަކު ބެޓްކުރަނީ. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ކުޅިވަރު

ސިޓީ ކައުންސިލް ކްރިކެޓް މުބާރާތް 2026 ގެ އިއްޔެގެ މެޗުތަކުގައި އެކުވެރި ފުނާޑު މޮޅުވިއިރު، ޑީއެސްއާރުސީ ރަނިން އާއި ޔުނައިޓެޑް ދިގުވާނޑު ބައްދަލުކުރި މެޗު ވީ އެއްވަރު

October 26, 2026ކިފާހް

މިހާރު ކުރިއަށްދާ ފުވައްމުލަކު ސިޓީ ކައުންސިލް ކްރިކެޓް މުބާރާތް 2026 ގެ އިއްޔެގެ ފުރަތަމަ މެޗުގައި ޑީއެސްއާރުސީ ރަނިން އާއި ޔުނައިޓެޑް ދިގުވާނޑު އެއްވަރުވީ ދެ ޓީމުން ކުރެން ކޮންމެ ޓީމަކަށް 98 ލަނޑު ހެދިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޔުނައިޓެޑް ދިގުވާނޑު ޓީމުގެ އައިޝަތު ހަނީފާއެވެ.

އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމާއި އެކުވެރި ފުނާޑެވެ. މި މެޗުގައި އެކުވެރި ފުނާޑު ޓީމުން 110 ލަނޑު ހެދިއިރު، މިސްކިތްމަގު އެންމެންގެ ގުޅުން ޓީމަށް ހެދިފައިވަނީ 55 ލަނޑެވެ. މިއާއެކު 55 ލަނޑުގެ ތަފާތަކުން މެޗު ކާމިޔާބުކުރީ އެކުވެރި ފުނާޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެކުވެރި ފުނާޑު ޓީމުގެ މަރިޔަމް ސަމާއެވެ.

މިއަދު ހަވީރުވެސް މުބާރާތުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަވީރު 16:00 ގައި ފަށާ މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޮމަލާސް އާއި ޔުނައިޓެޑް ދިގުވާނޑެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ހޯދަޑު އާއި މިސްކިތްމަގު އެންމެންގެ ގުޅުން ޓީމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 17:00 ގައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ