
ފެނަކައިން ދެމުންއައި ކަރަންޓާއި ފެނުގެ ޚިދުމަތް ވަކި ދެކުންފުއްޏަކަށް ބަދަލުވުމާ ގުޅިގެން ބިލަށް ފައިސާ ބަލައިގަތުމުގައި ތަފާތު އިންތިޒާމުތަކެއް
މިހާތަނަށް ފެނަކަ ކޯޕަރޭޝަނުން ދެމުން އައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ތަފާތު ދެ ކުންފުންޏަކަށް ބަދަލުވުމާ ގުޅިގެން، އެ ޚިދުމަތްތަކަށް ފައިސާ ބަލައިގަތުމުގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
ކުރިން ދެ ޚިދުމަތުގެ ބިލަށްވެސް ފެނަކަ އެޕްލިކޭޝަން މެދުވެރިކޮށް އަދި ފުވައްމުލަކު އިންޖީނުގޭގެ ފްރޮންޓް އޮފީހުން ފައިސާ ބަލައިގަންނަމުން އައި ނަމަވެސް، މި ނިމުނު މަހުގެ ފެންބިލަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާރްއޯ ޕްލާންޓް (ފެންޕްލާންޓް) ހުންނަ އިމާރާތުގައި ގާއިމުކޮށްފައިވާ އެމްޑަބްލިއުއެސްސީ ގެ އޮފީހުންނެވެ. މި ވަގުތަށް ފެންބިލަށް ފައިސާ ބަލައިގަންނާނީ ނަގުދު ފައިސާއާއި ކާޑު ޕޭމަންޓް މެދުވެރިކޮށެވެ. އަދި ފެންބިލް ދެއްކުމުގެ އިންތިޒާމުތަކަށް އިތުރު ބަދަލެއް ގެނެވޭނަމަ، އާންމުކޮށް އަންގައި އިއުލާނު ކުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ނަމަވެސް ފެންބިލާ ޚިލާފަށް، ކަރަންޓު ބިލަށް ފައިސާ ދެއްކުމުގައި ކުރިންވެސް އަމަލުކުރަމުން އައި އުޞޫލަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން، ކަރަންޓު ބިލަށް އިތުރު ބަދަލެއް ގެނެސް އިއުލާނު ކުރުމާ ހަމައަށް، ފެނަކަ އެޕްލިކޭޝަން މެދުވެރިކޮށާއި އިންޖީނުގޭގެ ފްރޮންޓް އޮފީހުން ކުރިއެކޭ އެއްގޮތަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ނަމަވެސް ކުރިން ޓްރާންސްފާކޮށްގެން ބިލު ދައްކަމުން އައި ފަރާތްތަކަށް ކުރީގެ އެކައުންޓަށް ފައިސާ ނުފޮނުވުމަށް ސްޓެލްކޯ އިން ވަނީ އަންގާފައެވެ.
ކޮމެންޓް
ލޯޑިންގ...
