ޓްރެންޑިންގLoading...
Logo
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026: ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން އަތްތެރިމަސައްކަތުގެ ބައިންނާއި އަތްތެރިމަސައްކަތުގެ އެހެނިހެން ބައިތަކުން އެއްވަނަ ޝަފާ ސޮބްރީއަށް
ޝަފާ، މޭޔަރ އިސްމާއިލްރަފީގާއި އެކު ފޮޓޯއަކަށް ހުއްޓިގެން
ޚަބަރު

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026: ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން އަތްތެރިމަސައްކަތުގެ ބައިންނާއި އަތްތެރިމަސައްކަތުގެ އެހެނިހެން ބައިތަކުން އެއްވަނަ ޝަފާ ސޮބްރީއަށް

October 25, 2026ކިފާހް

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން، އަތްތެރިމަސައްކަތުގެ ބައިންނާއި އަތްތެރިމަސައްކަތުގެ އެހެނިހެން ބައިތަކުގެ ބައިން އެއްވަނަ ފުވައްމުލަކު އޯކިޑްޝަފާ ސޮބްރީ ހޯދައިފިއެވެ.

މީގެ އިތުރުންވެސް ފަޚުރުވެރި ވަނަތަކެއް ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ފަރާތްތަކުން ހޯދާފައިވެއެވެ. އެގޮތުން ފުވައްމުލައް ސިޓީ، ވިއުޕާކް، އަދްނާން އިބްރާހިމް ދީދީ ވަނީ ފޮތުގެ ބައިން  ދެވަނަ ހޯއްދަވާފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ، ގްރީން ލީފް، އާމިނަތު އިބްރާހިމް ދީދީ ވަނީ ދަނޑުވެރިކަމުގެ އުފެއްދުންތައް (ވެލިއު އެޑިޝަން) ގެ ބައިން 3 ވަނަ ހޯއްދަވާފައެވެ. މިއާއެކު ފުވައްމުލައް ސިޓީ ކައުންސިލަށް ވަނީ ކައުންސިލްތަކުގެ ބައިން ދެވަނަ ލިބިފައެވެ.

މި އެކްސްޕޯގައި ފުވައްމުލަކުގެ ބައިވެރިންގެ މަސައްކަތްތައް ބައިވެރިކޮށްފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ނަމުގައެވެ.  އޮކްޓޫބަރު 25 އިން ނޮވެންބަރު 2 އަށް ކުރިއަށްދާ މިއެކްސްޕޯގައި ފުވައްމުލަކުގެ މަސައްކަތްތެރިންނަށް އެމީހުންގެ އުފެއްދުންތައް މައުރަޒުގައި ކައުންސިލްގެ ނަމުގައި ބައިވެރިކުރުމަށް ހުޅުވާލި ފުރުސަތުގައި 14 ފަރާތަކުން އެކަމަށް އެދިފައިވެއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މިގޮތަށް ފުރުސަތު ހުޅުވާލަން ނިންމީ، މައުރަޒުގައި ބައިވެރިވެ މާލެ ދަތުރުފަތުރު ކުރުމާއި މައުރަޒުގައި ތަކެތި ދައްކާލުމަކީ ހުރިހާ ފަރާތްތަކަކަށް އެކަމުގެ ގާބިލުކަން ލިބިފައިވާ ކަމަކަށް ނުވެދާނެތީ، މި ސިޓީގެ ވީހާވެސް ގިނަ ފަރާތްތަކަކަށް މި ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައެވެ.

މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުން ހޯދި މި ކާމިޔާބީއަކީ، ރަށުގައި މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުން މި މަސައްކަތުގައި ދެމިތިބުމަށާއި، މިފަދަ ކަންކަމުގެ ތެރެއަށް ވަދެ އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމެކެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ