
އެއާޕޯޓު ބަލާލަން ބޭނުންވާ ފަރާތްތަކަށް އެސަރަހައްދަށް ވަނުމުގެ ފުރުސަތު ކޮންމެ ހުކުރުދުވަހަކު ދެނީ
އެއާޕޯޓް ސަރަހައްދަށް އާންމުންނާއި ކުޑަކުދިން ހުއްދަނެތި ވަދެއުޅުމުޔގެ ސަބަބުން މަސްއްކަތަށް ދަތިވާތީ އެސަރަހައްދަށް ވަދެ ބަލއިލުމަށް ބޭނުންވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުށުލެއްގެ މަތިން ކޮންމެ ހުކުރުދުވަހަލުވެސް 4:00 އިން 6:00 އަށް އެސަރަހައްދަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފައި ވާކަމަށް ފުވައްމުލަކު ގައުމީ އިދާރާއިން ހާމަ ކުރައްވައިފިއެވެ.
އެސަރަހައްދަށް ހުއްދަނެތި ވަދެއުޅުމުގެ ސަބަބުން މަސައްކަތަށް ދަތިވާތީ އެސަރަހައްދަށް ހުއްދަނެތި ނުވަނުމަށް އިލްތިމާސްކޮށް ގައުމީއިދާރާއިން އިއްޔެ ނެރުއްވި ނޫސްބަޔާނުގައިވާގޮތުން އެއާޕޯޓު ކަންޑައެޅިފައިވާ މިއްދަތަށް ނިންމުމަށްޓަކައި 24 ގަޑިއިރު މސައްލަތް ކުރަމުންދެއެވެ. އަދި ހުއްދަނެތި އެކިފަރާތްތަކުން އެތަނަށް ވަނުމުން މަސައްކަތަށް ބުރޫ އަރައެވެ. ހުކުރު ދުވަހު އެސަރަހައްދަށް ސުޕަވައިޒަރެއްގެ އެހީއާއި އެކު ވަނުމުގެ ފުރުސަތު ހުޅުވައިލީ އެސަރަހައްދު ބަލައިލަން ޝައުގުވެރިވާފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށްޓަކައެވެ.
ކައްޓެޅިއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓް ރަންވޭގެ ހިލަފަށަލައަށް ކެމިކަލް ސްޕްރޭކުރަމުން ދިޔައިރު ބަޔަކު އެސަރަހައްދަށްވަދެ ކެމިކަލް ހުސްކުރި ފީފާތަކެއް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އަދި ރަންވޭގައި ތާރުއަޅަން ފެށިފަހުން ތާރު އަޅާފައި އޮތް ސަރަހައްދެއްގައި ތާރުނުހިކެނީސް އެތާ މައްޗަށް ބަޔަކު އަރައިގެން ހިނގުމުގެ ހަދިސާއެއްވެސް ވަނީ ހިންގާފައެވެ.
ކައްޓެޅިއާއި ވާހަކަ ދައްކަވަމުން ގައުމީ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި ސްޓޭޓް ސެކްޓްރީ ހުޒާމު މިއަދު ވިދާޅުވީ އެއާޕޯޓަކީ ފުވައްމުލަކު ރައްޔިތުންގެ ވަރަށްބޮޑު އުންމީދެއްކަމަށްވާތީ މަސައްކަތް ހިންގަމުންދާގޮތާއި ލިބޭ ކުރިއެރުން އަމިއްލަ ލޮލުން ދެކިލަން ގިނަ ބަޔަކު ބޭނުންވާ ކަމުގައެވެ. އެހެންކަމުން އެހެންކަމުން މަސައްކަތް ކުރާ ފަރާތުންވެސް އެފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމަށް ބޭނުންވާ ކަމުގައެވެ. ހުކުރުދުވަހު ވަދެވޭނޭ މަގު ތަނަވަސް ކޮށްދިނުމަކީ އެކަމުގެ ހެއްކެއްކަމަށް ހުޒާމު ވިދާޅުވިއެވެ.
ގައުމީ އިދާރާއިން މީގެ ކުރިންވެސް ވަނީ އެސަރަހައްދަށް ވަދެ ނޫޅުމަށް އިލްތިމާށްކޮށް ނޫސްބަޔާނެއް ނެރެފައެވެ.
ކޮމެންޓް
ލޯޑިންގ...
