ޓްރެންޑިންގLoading...
Logo
ޓައިގަރ ޓޭންކް ގެ ނަމުގައި ފުވައްމުލަކުގައި ޕިޗް އިވެންޓެއް ބާއްވަނީ
ބީސީސީ ފުވައްމުލަކު ގޮފިން ފުވައްމުލަކުގައި ބޭއްވި އިވެންޓެއްގެ ތެރެއިން. ފޮޓޯ: ބީސީސީ ފުވައްމުލައް
ޚަބަރު

ޓައިގަރ ޓޭންކް ގެ ނަމުގައި ފުވައްމުލަކުގައި ޕިޗް އިވެންޓެއް ބާއްވަނީ

October 24, 2026ކިފާހް

އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގެ (އައިޔޫއެމް) ކުއްލިއްޔާ އޮފް އިކޮނޯމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް އާއި ބިޒްނަސް ސެންޓަރ ކޯޕޮރޭޝަން (ބީސީސީ) ގުޅިގެން އަންނަ ނޮވެންބަރުމަހުގެ 20 އަދި 21 ދެދުވަހު ޓައިގަރ ޓޭންކްގެ ނަމުގައި ފުވައްމުލަކުގައި ޕިޗް އިވެންޓެއް ބާއްވަން ތައްޔާރުވަމުންދާ ކަމަށް ބީސީސީ ފުވައްމުލަކު ގޮފިން މައުލޫމާތު ދީފިއެވެ.

މާއިރިއަށް މައުލޫމާތު ދެއްވަމުން ބީސީސީ ފުވައްމުލަކު ގޮފި ހިންގެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީމެނޭޖަރ އިބްރާހިމް ހަސަން ވިދާޅުވީ މި އިވެންޓު ހުޅުވާލާފައިވަނީ އުމުރުން 17 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށް ކަމުގައެވެ. އަދި އިވެންޓުގައި ބައިވެރިވެވޭނީ މަދުވެގެން ދެ ބައިވެރިން އަދި ގިނަވެގެން ފަސް ބައިވެރިން ހިމެނޭހެން ގްރޫޕެއްގެ ގޮތުގައި ކަމަށެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން އިބްރާހީމް ވިދާޅުވީ، ކޮންމެ ގްރޫޕަކުންވެސް އިވެންޓަށް ވިޔަފާރި ޚިޔާލެއް ގެންގުޅެންޖެހޭކަމަށާއި އެ ޚިޔާލު ތަރައްޤީ ކުރުމަށް ކޮންމެ ގްރޫޕަކަށްވެސް ޤާބިލު މެންޓޯ އެއް ކަނޑައެޅޭނޭކަމުގައެވެ. އަދި އިވެންޓުގެ ތެރެއިން ބައިވެރިންނަށް ބިޒްނަސް ޕްރޮޕޯސަލް ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއްވެސް ހިންގޭނޭކަމަށާއި މިލިބޭ މައުލޫމާތާއި ހުނަރު އަދި މެންޓޯގެ މެންޓޯގެ އެހީތެރިކަމާއި އެކު ގްރޫޕްތަކުން ހަދާ ޕްރޮޕޯސަލްގެ ތެރެއިން އެންމެ ފުރިހަމަ ތިން ހުށަހެޅުމަކަށް ކަނޑައެޅޭ އިނާމެއްވެސް ދެވޭނޭކަމުގައެވެ. ހަމަ މި އިވެންޓުގެތެރޭގައި ބައިވެރިންނަށް ކަމާއިގުޅޭ ދާއިރާތަކުގެ ތަޖުރިބާ ކާރުންގެ ޚިޔާލާއި މަށްވަރާވެސް ފޯރުކޮށްދެވޭނެއެވެ.

މި އިވެންޓުގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 22 އަށް ހަމަވިއިރު ޖުމްލަ ހަޓީމަކުން ބައިވެރިވެފައިވެއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ