ޓްރެންޑިންގLoading...
Logo
ދުނިޔޭގެ ބަޔޯސްފިއާ ރިޒާވް ދުވަސް ފާހަގަކުރުމަށް ފުވައްމުލަކުގައި ޚާއްޞަ ގަސް އިންދުމުގެ ޕްރޮގްރާމެއް ބާއްވަނީ
އުރީދޫ އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ގަސްއިންދުމުގެ ޕްރޮގްރާމެއްގައި މޭޔަރ އިސްމާއިލް ރަފީޤް. ފޮޓޯ: ކައުންސިލް ޕޭސްބުކް ޕޭޖްއިން
ޚަބަރު

ދުނިޔޭގެ ބަޔޯސްފިއާ ރިޒާވް ދުވަސް ފާހަގަކުރުމަށް ފުވައްމުލަކުގައި ޚާއްޞަ ގަސް އިންދުމުގެ ޕްރޮގްރާމެއް ބާއްވަނީ

October 22, 2026ކިފާހް

ދުނިޔޭގެ ބަޔޯސްފިއާ ރިޒާވް ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ޚާއްޞަ ގަސް އިންދުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ "5 މިލިއަން ގަސް" އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 އިން 17:30 އަށް ފުވައްމުލަކު އަނބުލެ އަތިރި ސަރަޙައްދުގައެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، އަނބުލެ އަތިރި ސަރަޙައްދުގައި މި ހަރަކާތް ކުރިއަށްގެންދަން ނިންމީ ފުވައްމުލަކަކީ ބަޔޯސްފިއާ ރިޒާވް އަކަށް ވާތީ އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ އިތުރުން، އެ ސަރަޙައްދުގެ ތޮށިލުމުގެ މަޝްރޫޢަށް ގިނަ އަދަދެއްގެ ގަސް ކަނޑަންޖެހިފައިވުމުންނެވެ. އަދި ތޮށި ނުލެވި އޮތް ސަރަޙައްދުން ގިރުމުގެ މައްސަލަ ކުރިމަތިވަމުންދާތީ، އެ ސަރަޙައްދު އަލުން ފެހިކޮށް ހިމާޔަތްކުރުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު މަޤްޞަދެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިއީ އާންމުކޮށް ހުޅުވާލައިގެން، ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭގޮތަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. މި ހަރަކާތުގެ ތެރެއިން މައިގަނޑު ގޮތެއްގައި އިންދުމަށް ހަމަޖެހިފައިވަނީ ދިވެހި ރުކާއި މަގޫގަހެވެ. މީގެ އިތުރުން، އަމިއްލައަށް ގަސް ގެނެސްގެން އިންދަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުޞަތު އޮންނާނެއެވެ.

ދުނިޔޭގެ ބަޔޯސްފިއާ ރިޒާވް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެމްބަރު 3 ވަނަ ދުވަހެވެ. އެއީ ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ މުހިންމު ދުވަހަކަށް ވާތީ، ގިނަ ބަޔަކަށް ބައިވެރިވެވޭނެހެން މި ދުވަހުގެ މުނާސަބަތު ކުރިއާލާ ފާހަގަކުރުމުގެ ގޮތުން މި ޕްރޮގްރާމް ރޭވީ ކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ