ޓްރެންޑިންގLoading...
Logo
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2026 ރޭ ރަސްމީކޮށް ފަށައިފި
މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ޚަބަރު

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2026 ރޭ ރަސްމީކޮށް ފަށައިފި

October 22, 2026ކިފާހް

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2026 ރޭ ރަސްމީކޮށް ފަށައިފިއެވެ. ފުވައްމުލަކުގެ ސްކޫލްތަކަށާއި، ޖަމްޢިއްޔާތަކުގެ އިތުރުން ޤުރުއާން ކްލާސްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވުޒާރާއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި މުބާރާތް ރާވައި ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވާ މުޖުތަމަޢެއް ބިނާކުރުމާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭފަދަ ޤާބިލު ދަރިވަރުންތަކެއް އުފެއްދުމެވެ.

ސިލްސިލާކޮށް ބާއްވާ މި މުބާރާތުގެ 9 ވަނަ މުބާރާތުގައި މިއަހަރު ޖުމްލަ 143 ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިގައި 106 ދަރިވަރުން ބައިވެރިވިއިރު، ހިތުން ކިޔެވުމުގެ ބައިގައި ވާދަކުރަނީ 37 ދަރިވަރުންނެވެ. މިފަހަރުގެ މުބާރާތުގައި ފުވައްމުލަކުގެ އަމިއްލަ 3 ސްކޫލަކުންނާއި، 3 ޤުރުއާން ކްލާހުގެ އިތުރުން 5 ޖަމްޢިއްޔާއަކުން ދަރިވަރުން ބައިވެރިވެފައިވީ ނަމަވެސް، ސަރުކާރުގެ އެއްވެސް ސްކޫލަކުން ބައިވެރިވެފައެއް ނުވެއެވެ.

މި މުބާރާތް ކުރިއަށްދާނީ ޖޫނިއާ އަދި ސީނިއާ ގްރޫޕަށް ބަހާލައިގެންނެވެ . އެގޮތުން ޖޫނިއާ ގްރޫޕްގައި ފައުންޑޭޝަން ލެވެލްއިން ފެށިގެން ކީސްޓޭޖް 3 އާ ހަމައަށް ހިމެނޭއިރު، ސީނިއާ ގްރޫޕްގައި ހިމެނެނީ ކީސްޓޭޖް 4 އަދި ކީސްޓޭޖް 5 އެވެ. މީގެ އިތުރުން ޤުރުއާން ކްލާސްތަކަށް ޚާއްޞަކޮށްގެން ބާއްވާ ފޮތުން ކިޔެވުމުގެ ބައިގައި މުޅި ޚަތިމުން ކިޔެވުން ހިމެނެއެވެ. އަދި ސަރުކާރު ސްކޫލްތައް ބައިވެރިވެފައި ނުވާތީ، ޤުރުއާން ކްލާސްތައްވެސް ހިމަނާފައިވަނީ ސްކޫލްތައް ހިމެނޭބައިގައެވެ.

މުބާރާތުގެ ވަނަތަކަށް ބަލާއިރު، ކީސްޓޭޖް 2 ކާހަމަޔަށް ކޮންމެ އުމުރުފުރާއަކުން ވެސް ބަލައިގެން އަދި ހިތުން ކިޔެވުމުގެ ބައިން ގަދަ 5 ދަރިވަރުން ހޮވާނެއެވެ ކީސްޓޭޖް 3 އިން 5 އަށް ކޮންމެ އުމުރުފުރާ އަކުން ވެސް ބަލައިގެން އަދި ހިތުން ކިޔއވުމުގެ ބައިން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހޮވަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުޅި މުބާރާތުން ސްކޫލް/ކްލާސްތަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ސްކޫލް، އަދި މުބާރާތުގެ ޖަމްއީޔާތަކުގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ޖަމްއީޔާ ހޮވުމަށްވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ޙާއްސަ ކެޓަގަރީއެއް ހިމެނިފައިވާއިރު މި ކެޓަގަރީގައި ކިޔަވާނީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނެވެ. އެ ދަރިވަރަކު ކިޔަވަން އިޚްތިޔާރުކުރާ ކޮންމެ ހިސާބަކުންވެސް ކިޔެވުމުގެ އިޚްތިޔާރު މި ދަރިވަރުންނަށް އޮންނައިރު މި ބައިގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށްވެސް އިނާމާއި ޓްރޮފީ ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ސިޓީކައުންސިލުން މައުލޫމާތު ދއެވެ. 

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ