ޓްރެންޑިންގLoading...
Logo
ފުވައްމުލަކުގެ ގެސްޓްހައުސްތަކުގެ ފައިދާ އިތުރުކުރުމަށް "ސްމާޓް މާކެޓިންގ" ވޯރކްޝޮޕެއް ފެށިގެން ކުރިއަށްދަނީ
ސްމާޓް މާކެޓިންގ ވޯކްޝޮޕް ކުރިއަށްދަނީ ފޮޓޯ: އަހްމަދު އަލީ
ޚަބަރު

ފުވައްމުލަކުގެ ގެސްޓްހައުސްތަކުގެ ފައިދާ އިތުރުކުރުމަށް "ސްމާޓް މާކެޓިންގ" ވޯރކްޝޮޕެއް ފެށިގެން ކުރިއަށްދަނީ

October 18, 2026ކިފާހް

ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ގެސްޓްހައުސް ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ ސްމާޓް މާކެޓިން ވަރކްޝޮޕް މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ.

ފުވައްމުލައް ސިޓީކައުންސިލުން ވިދާޅުވީ މިފަދަ ވޯކްޝޮޕެއް އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔުމުގެ އެންމެ މުހިންމު ބޭނުމަކީ ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ވަކީން ޚާއްސަކޮށް ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ފަންނީ ގާބިލްކަން އިތުރުކޮށް ވިޔަފާރި އިތުރަށް ކުރިއަރުވަން ފުރުސަތު ހޯދައިދިނުން ކަމަށެވެ. މި ވޯކްޝޮޕްގައި ފުވައްމުލަކުގައި ހިންގާ ގެސޓްހައުސް އދި ޑައިވްސްންޓަރު ހިމެނޭހެން 11 ފަރާތަކުން ބައިވެރިވެފައވާކަމަށް މައުލޫމާތު ލިބެއެވެ.

އެއް ދުވަހުގެ މުއްދަތައް ފުވައްމުލަކު އޯޝަންޕާލް ގެ ކޮންފަރެންސް ރޫމުގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ ފުވައްމުލަކުގައި ހިނގަމުންދާ ގެސްޓްހައުސް ވިޔަފާރިތަކުން މާކެޓިންގެ ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ލިބޭ އާމްދަނީ އާއި ފައިދާ އިތުރުކުރެވޭނެ ގޮތްތަކަށް އަހުލުވެރިކުރެވިގެންދާނެ ވޯކްޝޮޕެއްކަމަށް މައުލޫމާތު ލިބެއެވެ.

މި ވަރކްޝޮޕް ނަގައިދެއްވަނީ ހޮސްޕިޓަލިޓީ ދާއިރާގެ މަޝްހޫރު އުފެއްދުންތެރި ވިޔަފާރިވެރިއެއްގެ އިތުރުން ރެޕިއުޓޭޝަން ސްޓްރެޓެޖިސްޓް އަދި ކޮންސަލްޓެންޓެއް ކަމަށްވާ ކިރުބާ ޝަންކަރު އެވެ.

މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ކުޑަ ޚަރަދަކުން ގިނަ ފަތުރުވެރިންގެ މެދުގައި މާކެޓުކޮށް، ވިޔަފާރިއަށް ފަތުރުވެރިން ޝައުޤުވެރިކަން ހޯދުމަށް ބޭނުންކުރެވިދާނެ ސްމާޓް މާކެޓިންގ އުކުޅުތަކުގެ މައްޗަށެވެ. މީގެއިތުރުން، ސޯޝަލް މީޑިއާ އާއި ޑިޖިޓަލް ތަފާތު ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކޮށްގެން، ޚަރަދު ކުޑަކޮށް ސީދާ ގެސްޓްހައުސްތަކަށް އަންނަ ބުކިންގްސް އިތުރުކުރާނެ ގޮތްތައް ބައިވެރިންނަށް އޮޅުންފިލުވައިދެއެވެ.

ހަމައެއާއެކު، އޮންލައިން ރިވިއުތަކާއި ކަސްޓަމަރުންގެ އިތުބާރު ހޯދައިގެން ބްރޭންޑް ވަރުގަދަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ފައިދާ ބޮޑުކުރެވޭނެ ރެޕިއުޓޭޝަން މެނޭޖްމަންޓް އުސޫލުތަކަށް މިއަދުގެ ސެޝަންގައި އަލިއަޅުވާލެވޭނެއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ