ޓްރެންޑިންގLoading...
Logo
ފުވައްމުލަކު ދަޑިމަގު އަވަށުގައި އަޅާ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނޮވެމްބަރު މަހަށް ނިމޭނެ: ކޮންޓްރެކްޓަރު
ހޭންޑްބޯލް ކޯޓުގެ ފެންސުޖެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ: ނޮވެމްބަރު މަހަށް މަސައްކަތް ނިންމައިލެވޭނޭކަމަށް ކޮންތްރެކްޓަރު ބުނޭ
ޚަބަރު

ފުވައްމުލަކު ދަޑިމަގު އަވަށުގައި އަޅާ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނޮވެމްބަރު މަހަށް ނިމޭނެ: ކޮންޓްރެކްޓަރު

October 18, 2026ކިފާހް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ފިޓްނެސްއިން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ފުވައްމުލަކު ދަޑިމަގު އަވަށުގައި ތަރައްޤީކުރާ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނިމޭނެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު ބުނެފިއެވެ.

މި މަސައްކަތް ކުރުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ހޭންޑްބޯޅަ ކޯޓު ތަރައްޤީކުރުމުގެ ޖުމްލަ އަގަކީ 1,997,595.71ރ. (އެއް މިލިއަން ނުވަލައްކަ ނުވަދިހަ ހަތްހާސް ފަސްސަތޭކަ ނުވަދިހަ ފަސްރުފިޔާ ހަތްދިހަ އެއްލާރި) އެވެ. މިމަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށްދަނީ ވަށާފާރު ރާނައި ފެންސް ޖެހުމުގެ މަސައްކަތެވެ

މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކު ހޯދަޑު އަވަށުގައި އަޅާ ފުޓްސެލް ދަނޑުގެ މަސައްކަތް ނުފެށި ލަސްވީ ކޮންޓްރެކްޓަރަށް ބިން ހަވާލުކުރުމުގައި ދިމާވި ލަސްތަކަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް، މިހާރު އެ ދަނޑު އަޅާ ސައިޓުގައި ފެންސް ޖެހުމުގެ މަސައްކަތާއި، ކުރިން އެތަނުގައި އޮތް ދަނޑު ނަގައި ސައިޓު ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ