ޓްރެންޑިންގLoading...
Logo
ފުވައްމުލަކު ޔޫތް ހަބުގެ މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ބޭނުންވާ ބިން ހަމަ ނުޖެހިގެން - މިނިސްޓްރީ
ފުވައްމުލަކު ޒުވާނުންގެ މަރުކަޒު ގޯތިތެރެ
ޚަބަރު

ފުވައްމުލަކު ޔޫތް ހަބުގެ މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ބޭނުންވާ ބިން ހަމަ ނުޖެހިގެން - މިނިސްޓްރީ

October 15, 2026ކިފާހް

ފުވައްމުލައް ސިޓީގައި ގާއިމުކުރުމަށް ނިންމާފައިވާ ޔޫތު ހަބުގެ މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ބޭނުންވާ ބިން ހަމަނުޖެހިގެން ކަމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއިން ބުނެފިއެވެ.

މިކަމާ ގުޅިގެން "މާއިރި" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މި ޕްރޮޖެކްޓަށް ބިން ހަމަޖައްސައިދިނުމަށް އެދި ފުވައްމުލައް ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވީ ނަމަވެސް، އަދިވެސް ބިން ހަމަޖެހިފައިނުވާ ކަމަށެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިނޭންސްކޮށްގެން، އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މިޕރޮޖެކްޓްގެ ބިޑް ކުރުމުގެ މަރުހަލާނިމި މިހާރުވަނީ ބަޔަކާއި މަސައްކަތް ހަވާލުވެސް ކޮށްފައެވެ.

މާއިރިއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަޝްރޫއުގެ ދަށުން މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ޔޫތުހަބް ގާއިމުކުރުމަށްސަރުކާރުންވަނީ ނިންމަވާފައެވެ.  މިމަޝްރޫއަށް އަދި ބިންހަމަޖެހިފައިވަނީ ތިނަދޫސިޓިން އެކައްޏެވެ. އަދި ތިނަދޫ ސިޓީގައި ގާއިމުކުރާ އިމާރާތުގެ މަސައްކަތް މިހާރު ވަނީ ރާނައި ބެރިއެޅުމާ ހަމައަށް ނިމިފައެވެ.

މިމަސްރޫއުގެ ދަޝުން ފުވައްމުލަކުގައި ގާއިމުކުރާ ޔޫތުހަބުގައި 150 މީހުންގެ ޖާގައިގެ ސްޓޭޖް އޭރިއާއަކާއި ކޮންފަރެންސް ހޯލަކައި ވެލްނެސް ސެންޓަރެއް އަދި ޒުވާނުންނާއި ގުޅުންހުރި ގިނަ ވަސީލަތްތަކެއް ގާއިމުކުރެވޭނެއެވެ.

ފުވައްމުލަކުގައި ގާއިމުކުރާ ޔޫތު ހަބްގެ ޑިޒައިނަށް ޚިޔާލުހޯދުމަށްޓަކައި ފުވައްމުލަކު ސިޓީކައުންސިލުންވަނީ ނިމިދިޔަ ސެޕްޓެމްބަރުމަހުގެ 28 ވަނަދުވަހުގެރެއަށް ރައްޔިތުންގެ ބައްދަލުވުމެއް އިންތިޒާމުކޮށްފައެވެ. ނަމަވެސް އެވެސް ބަޔަކު ހާޒިރުނުވާތީ އެބައްދަލުވުންވަނީ ބޭއްވޭގޮތް ނުވެފައެވެ.

މިޕްރޮޖެކްޓަށް ބިންހަމަނުޖެހިލަސްވާ ސަބަބު ހޯދުމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ އިސް ދެ މުވައްޒަފަކަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބުނުދެއްވާތީ، ބިން ހަމަނުޖެހި ލަސްވާ ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ