ޓްރެންޑިންގLoading...
Logo
ވިއްސާރަވުމުގެ ސަބަބުން "ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް މުބާރާތުގެ" ފައިނަލް މެޗު ފަސްކޮށްފި
ކުޅިވަރު

ވިއްސާރަވުމުގެ ސަބަބުން "ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް މުބާރާތުގެ" ފައިނަލް މެޗު ފަސްކޮށްފި

October 13, 2026ކިފާހް

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ "ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް މުބާރާތުގެ" ފައިނަލް މެޗު، މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.

މި މެޗު އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ މިރޭ ކުޅޭ ގޮތަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން "މާއިރިއާ" އަށް މަޢުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، އެންމެ ފަހު ވަގުތާ ހަމައަށްވެސް މޫސުން ރަނގަޅުވެއްޖެނަމަ މެޗު ކުޅޭގޮތަށް އޮތް ކަމަށެވެ. ނަމަވެސް، މެޗު ކުޅެން ހަމަޖެހިފައި އޮތް ގަޑީގައި ބޯކޮށް ވާރޭވެހެމުންދިއުމުގެ ސަބަބުން، ދެ ޓީމާ މަޝްވަރާކުރުމަށްފަހު ފައިނަލް މެޗު ފަސްކުރަން ނިންމީއެވެ.

ފައިނަލް މެޗަށްފަހު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބޭއްވުމަށް ރޭވިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ދެން އޮންނާނީ މާދަމާ ރޭ 20:15 ގައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ