ޓްރެންޑިންގLoading...
Logo
މޯޕާ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ޕްލާސްޓިކް ކުނި މެނޭޖްކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށައިފި
ޚަބަރު

މޯޕާ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ޕްލާސްޓިކް ކުނި މެނޭޖްކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށައިފި

October 10, 2026ކިފާހް

މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއި ފުވައްމުލައް ސިޓީ ކައުންސިލް އަދި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ގުޅިގެން، "ކޯރަލް ގާޑިއަން – ޕްލާސްޓިކް-ފްރީ ރީފްސް އެންޑް ކޮމިއުނިޓީ ލައިވްލީހުޑްސް އިން ފުވައްމުލައް" ޕްރޮޖެކްޓުގެ ދަށުން އަތިރިމަތި ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

މި ސާފުކުރުމުގެ ހަރަކާތް ރަށުގެ ކަނޑައެޅުނު 10 ސަރަހައްދެއްގައި ކުރިއަށްގެންގޮސްފައިވާއިރު، ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭހެން ތަފާތު ގްރޫޕްތަކުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ. މޯޕާއިން ވަނީ ކުނި އުފެދޭ ތަނުން ވަކިކުރުމުގެ އާދަ ހަނދާންކޮށްދީ އިތުރު ކުރުމުގެ މަގްސަދުގައި، ޕްލާސްޓިކް ފުޅި އެކަމަށް ހާއްސަކުރެވިފައިވާ މޯޕާ ކޮތަޅަށް، އާންމު ކުނި ކަޅު ކޮތަޅަށް، އަދި ދަގަނޑުގެ ބާވަތްތައް ވަކިން މި ޕްރޮގްރާމްގެ ތެރެއިން އެއްކޮށްފައެވެ.

ސާފުކުރުމުގެ ހަރަކާތަށްފަހު، ފުވައްމުލައް ސިޓީ ކައުންސިލްގައި ވަނީ ޕްލަށްޓިކް ކުނި ނެގުމަށް ބޭނުންކުރާނެ ބައެއް ތަކެތި ހަދިޔާކުރުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މޯޕާގެ ފަރާތުން ވަނީ ޕްލާސްޓިކް ކުނި އެއްކުރުމާއި މެނޭޖްކުރުމަށް އެހީތެރިވުމުގެ ގޮތުން ސިޓީ ކައުންސިލަށާއި ވެމްކޯއަށް، ކޮންމެ ފަރާތަކަށް ރަށު ޕިކަޕެއްގެ އިތުރުން 100 ޑަސްބިން، 200 ނެޓް ބޭގް އަދި 100 ޖަމްބޯ ބޭގް ހަދިޔާކޮށްފައެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ޕްލާސްޓިކް ކުދިކުރާ މެޝިނެއް (ޝްރެޑަރެއް)ވެސް ފުވައްމުލަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މޯޕާއިން މައުލޫމާތު ދެއެވެ.

ޕްލާސްޓިކް ކުނި މެނޭޖްކުރުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން މޯޕާ، ފުވައްމުލައް ސިޓީ ކައުންސިލް އަދި ވެމްކޯއާ ދެމެދު ވަނީ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފައެވެ.

މޭޔަރު އިސްމާއީލް ވަނީ މޯޕާގެ ޓީމުން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މޯޕާގެ ރައީސް އަހުމަދު މައުމޫން ވަނީ މޯޕާއިން ކުރަމުންދާ މަސައްކަތްތަކާއި މި ޕްރޮޖެކްޓުގެ މަގުސަދުތަކާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެއްވާފައެވެ.

މި ހަރަކާތުގެ މަގުސަދަކީ ފުވައްމުލަކުގައި ޕްލާސްޓިކް އަލުން އެއްކުރުމާއި ރީސައިކަލްކުރުން ހަރުދަނާކޮށް، ކަނޑުގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ