ޓްރެންޑިންގLoading...
Logo
ދި ހޯކްސް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ސެމީފައިނަލްގެ ފަހު ދެ ޖާގަ ހޯދަޑު ސްޕޯޓްސް އަދި ގަލޯނާ ސްޕޯޓްސް ކްލަބުން ހޯދައިފި
ކުޅިވަރު

ދި ހޯކްސް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ސެމީފައިނަލްގެ ފަހު ދެ ޖާގަ ހޯދަޑު ސްޕޯޓްސް އަދި ގަލޯނާ ސްޕޯޓްސް ކްލަބުން ހޯދައިފި

October 10, 2026ކިފާހް

ފުވައްމުލައް ސިޓީގައި މިހާރު ކުރިޔަށްދާ ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ސެމީފައިނަލްގެ ފަހު ދެ ޖާގަ ހޯދަޑު ސްޕޯޓްސް އަދި ގަލޯނާ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ހޯދަޑު ސްޕޯޓްސް އިން ސެމީފައިނަލްގެ 3 ވަނަ ޖާގަ ހޯދީ ރޭ މާލެގަން ސްޕޯޓްސް އާއި ބައްދަލުކުރި ކުއާޓާ ފައިނަލް މެޗު 11-1 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގައި ހޯދަޑު ސްޕޯޓްސްގެ އަހްމަދު އަފްލާޒް، އަހްމަދު ނާއިމް އިބްރާހިމް، އަލީ ހާފިޒް އަދި އިބްރާހިމް ޝަރީފް މުޙައްމަދު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ 2 ލަނޑު ޖަހާފައެވެ. މީގެ އިތުރުން އެ ޓީމުގެ އިނާން އަހްމަދާއި އަލީ ޒައިދާން ރަމީޒު، ކޮންމެ ކުޅުންތެރިއަކު 1 ލަނޑު ޖަހާފައިވެއެވެ. އަނެއް ލަނޑަކީ މާލެގަން ސްޕޯޓްސްގެ ފާތިން އަލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހޯދަޑު ޓީމުގެ އަލީ ހާފިޒް (ހާއްޕެ)އެވެ.

މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ ގަލޯނާ ސްޕޯޓްސް އިން ކަށަވަރުކުރީ ދަށިކިޅި ކްލަބާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. ގަލޯނާ ސްޕޯޓްސް ކްލަބުން މި މެޗު ކާމިޔާބުކުރީ 2-0 އިންނެވެ. މެޗުގައި އެ ޓީމުގެ ދެ ލަނޑުވެސް ޖަހައިދީފައިވަނީ އަޖްމަލް އަހްމަދެވެ. މިއާއެކު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އަޖްމަލްއެވެ.

އެއް ދުވަހުގެ މެދުކެނޑުމަކަށްފަހު މުބާރާތުގެ ސެމީފައިނަލް ދެ މެޗު ކުޅެން ހަމަޖެހިފައިވަނީ 11 އޮކްޓޯބަރު 2026 ވާ އާދީއްތަ ދުވަހު (މާދަމާ) އެވެ. އެގޮތުން ސެމީފައިނަލްތައް ކުޅޭނީ ކުއާޓާ ފައިނަލްތައް ކުޅެވިގެންދިޔަ ތަރުތީބުންނެވެ. އެހެންކަމުން މާދަމާ ރޭ ކުޅޭ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފިސްޑާ އާއި ފުނާޑު ސްޕޯޓްސް ކްލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:15 ގައެވެ. ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ހޯދަޑު ސްޕޯޓްސް އާއި ގަލޯނާ ސްޕޯޓްސް ކްލަބެވެ. މި މެޗު ފަށާނީ މާދަމާ ރޭ 21:30 ގައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ