ޓްރެންޑިންގLoading...
Logo
ދި ހޯކްސް ފުވައްމުލައް ސިޓީކައުންސިލް ފުޓްސެލް މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ ދެ ޖާގަ ފިސްޑާ އަދި ފުނާޑު ސްޕޯޓްސް ކްލަބުން ހޯދައިފި
ކުޅިވަރު

ދި ހޯކްސް ފުވައްމުލައް ސިޓީކައުންސިލް ފުޓްސެލް މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ ދެ ޖާގަ ފިސްޑާ އަދި ފުނާޑު ސްޕޯޓްސް ކްލަބުން ހޯދައިފި

October 8, 2026ކިފާހް

މިހާރު ފުވައްމުލައް ސިޓީގައި މި ސިޓީގެ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ ދެޖާގަ ފިސްޑާ އަދި ފުނާޑު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މިރޭ ކުޅެވުނު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗު ފިސްޑާއިން ކާމިޔާބުކުރީ ޔުނައިޓެޑް ދިގުވާނޑާ ވާދަކޮށް 3 ލަނޑު 0 ލަނޑުންނެވެ. މެޗުގައި ފިސްޑާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން މުޙައްމަދު ވިޝާހް އިބްރާހިމްއެވެ. ދެވަނަ ލަނޑު އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަލީ ޚޮދާދީ ޖަހައިދިންއިރު، ތިންވަނަ ލަނޑު ޖަހައިދީފައިވަނީ އިސްމާއިލް ނަސީމް )ބޯވާއެވެ(. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފިސްޑާ ޓީމުގެ ކެޕްޓަން މުޙައްމަދު ވިޝާހް އިބްރާހިމްއެވެ.

ފުނާޑު ސްޕޯޓްސްއިން ސެމީފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރީ ޑީއެސްއާރުސީ ޖޫނިއާސްއާ ވާދަކޮށް 1 ލަނޑު 1 ލަނޑުން އެއްވަރުވެ، ޕެނެލްޓީ ޖަހައިގެންނެވެ. ކުޅުމުގެ ތެރެއިން ފުނާޑު ސްޕޯޓްސްގެ ލަނޑު ޖަހާފައިވަނީ އެޓީމުގެ އަޙްމަދު ސިނާހްއެވެ. ޑީއެސްއާރުސީގެ ލަނޑު ޖަހާފައިވަނީ އެޓީމުގެ އަލީ ރަޔާންއެވެ.

ޕެނެލްޓީގައި ފުނާޑު ޓީމުގެ އަޙްމަދު ސިނާހް، އަބްދުލް މަތީން، އިސްމާއިލް މާދިހް، އިސްމާއިލް ޒަޔާން ޝަރީފް އަދި މުޙައްމަދު ނާޒިހް ނަޖުމީ ވަނީ ޕެނެލްޓީ ކާމިޔާބުކޮށްފައެވެ. ޑީއެސްއާރުސީގެ ޕެނެލްޓީތަކުގެ ތެރެއިން ލުޖެއިން ހަސަން އަކްމަލް، އައިމަން މުޙައްމަދު ޒާހިރު އަދި އިބްރާހިމް ރައީފް ޕެނެލްޓީ ކާމިޔާބުކުރި ނަމަވެސް، އެޓީމު މެޗުން ބަލިވީ އެޓީމުގެ އަޙްމަދު އަޔާދު ނަސީރު ޖެހި ޕެނެލްޓީ ނާކާމިޔާބުވުމުންނެވެ. އަޔާދުގެ ޕެނެލްޓީ ދަނޑީގައި ޖެހިފައި ނުކުތީއެވެ. މިއާއެކު 6-5 ގެ ނަތީޖާއަކުން ފުނާޑު ސްޕޯޓްސް މެޗުން މޮޅުވީއެވެ.

މާދަމާރޭވެސް ކުއާޓަރ ފައިނަލްގެ ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 20:15 ގައި ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހޯދަޑު ސްޕޯޓްސް ކްލަބާއި މާލެގަން ސްޕޯޓްސް ކްލަބެވެ. ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މާދަމާރޭ 21:30 ގައި ބައްދަލުކުރާނީ ގަލޯނާ ސްޕޯޓްސް ކްލަބާއި ދަށިކިޅި ކްލަބެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ