
އެއާޕޯޓް ރަންވޭގައި ތާރުއެޅުމަށް ހިލަފަށަލައިގެ މައްޗަށް ސްޕްރޭ ކުރަންޖެހޭ ކެމިކަލް ސްޕްރޭ ކުރަން ފަށައިފި
ފުވައްމުލަކު އެއާޕޯޓްގެ ރަންވޭގައި ތާރުއެޅުމަށްޓަކައި ހިލަ ފަށަލައިގެ މައްޗަށް ސްޕްރޭ ކުރަންޖެހޭ ކެމިކަލް ސްޕްރޭ ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ފުވައްމުލަކު އެއާޕޯޓް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓާރ ޝާހިދު އަލީ މިއަދު ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ މޫސުން ތަންދޭނަމަ ސްޕްރޭކުރުމުގެ މަސައްކަތް ނިމި ތާރުއެޅުމުގެ މަސައްކަތް މިމަހުގެ 15 ހިސާބުގައި ފަށައިގަނެވޭނޭކަމަށް ލަފާކުރައްވާ ކަމުގައެވެ.
ފުވައްމުލަކަށް މިދުވަސްކޮޅު ދޭތެރޭ ދޭތެރެއިން ވާރޭ ވެހޭތީ، ކެމިކަލް ސްޕްރޭ ކުރުމުގައި އެކަމުން އެއްވެސް ދަތިކަމެއް ދިމާވެދާނެތޯ ކައްޓެޅިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝާހިދު ވިދާޅުވީ ވާރޭ ވެހޭ ނަމަ ސްޕްރޭ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނޭ ކަމުގައެވެ. ނަމަވެސް ކިރިއާވެސް މޫސުން ތަންދޭނަމަ މަސައްކަތް ކުރިއަށް ގެންދާނޭ ކަމުގައެވެ.
އެއާޕޯޓްގައި ތާރުއެޅުމަށް ބޭނުންވާ މެށިނަރީގެ ބިޑުބައެއް މިހާރުވަނީ ފުވައްމުލަކަށް ގެނެސްފައެވެ. އަދި ބޭނުންވާ ތާރުވެސް ފަށައިގަނެވޭ ވަރަށް މިހާރުވަނީ އައްޑޫ ބަނދަރާ ހަމަޔަށް ގެނެސްފައެވެ. ޝާހިދު ވިދާޅުވީ ކެމިކަލް ސްޕްރޭ ކޮށް ނީމި ތާރުއެޅުމުގެ މައްކަތް ފަށަންވާއިރަށް ތާރު ފުވައްމުލަކަޢި ހަމަޔަށް ގެނެވޭނޭ ކަމުގައެވެ.
ކޮމެންޓް
ލޯޑިންގ...
