ޓްރެންޑިންގLoading...
Logo
ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް މުބާރާތުގައި ރޭ ގަލޯނާ ސްޕޯޓްސް ކްލަބާއި ދަށިކިޅި ކްލަބު މޮޅުވިއިރު، ޑީއެސްއާރުސީ ޖޫނިއާސް އާއި ފުނާޑު ސްޕޯޓްސްގެ ކުރިމަތިލުން އެއްވަރުވެއްޖެ
ކުޅިވަރު

ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް މުބާރާތުގައި ރޭ ގަލޯނާ ސްޕޯޓްސް ކްލަބާއި ދަށިކިޅި ކްލަބު މޮޅުވިއިރު، ޑީއެސްއާރުސީ ޖޫނިއާސް އާއި ފުނާޑު ސްޕޯޓްސްގެ ކުރިމަތިލުން އެއްވަރުވެއްޖެ

October 7, 2026ކިފާހް

މިހާރު ކުރިއަށްދާ ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގައި ރޭ ކުޅެވުނު މެޗުތަކުން ގަލޯނާ ސްޕޯޓްސް އާއި ދަށިކިޅި ކްލަބު މޮޅުވެ، ޑީއެސްއާރުސީ ޖޫނިއާސް އާއި ފުނާޑު ސްޕޯޓްސްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.

ރޭ ޑީއެސްއާރުސީ ޖޫނިއާސް އާއި ފުނާޑު ސްޕޯޓްސް ބައްދަލުކުރި ފުރަތަމަ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުނާޑު ސްޕޯޓްސްގެ ލަނޑު ޖަހައިދިނީ އެ ޓީމުގެ އަހްމަދު ސިނާހްއެވެ. އަދި ޑީއެސްއާރުސީ ޖޫނިއާސްގެ ލަނޑު ޖަހައިދިނީ އަލީ ރަޔާންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް ޑީއެސްއާރުސީގެ ރަޔާންއެވެ.

ދެވަނަ މެޗު އެކުވެރި ހޯދަޑާއެކު ވާދަކޮށް 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ގަލޯނާ ސްޕޯޓްސް ކްލަބެވެ. މެޗުގައި ގަލޯނާ ސްޕޯޓްސްގެ އަލީ ޝަމާލް އަބްދުﷲ (ޝައްމު) 3 ލަނޑު ޖަހައި ހެޓްރިކް ހެދިއިރު، އެ ޓީމުގެ މުޙައްމަދު ވިލްފް ވަނީ 2 ލަނޑު ޖަހާފައެވެ. އަދި އަބްދުﷲ ޒިޔާން، އަޖްމަލް އަހްމަދު އަދި އަބްދުﷲ ރަޝީދު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ 1 ލަނޑު ޖަހާފައެވެ. އަލީ ޝަމާލް އަބްދުﷲގެ ހެޓްރިކާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް އޭނާއެވެ.

ތިންވަނަ މެޗުގައި ދަށިކިޅި ކްލަބާއި ޔުނައިޓެޑް ދިގުވާނޑު ބައްދަލުކުރިއިރު، މި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދަށިކިޅި ކްލަބެވެ. މެޗުގައި ދަށިކިޅި ކްލަބުގެ އަހްނަފް ޒާހިރު 2 ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އަހްމަދު ޖަވާދެވެ. ޔުނައިޓެޑް ދިގުވާނޑުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެ ޓީމުގެ އަލީ ޝިޒާން ހުސެއިންއެވެ.

މިރޭވެސް މުބާރާތުގެ 3 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން މިރޭގެ ފުރަތަމަ މެޗުގައި 20:00 ގައި ބައްދަލުކުރާނީ ފިސްޑާ އާއި ދަށިކިޅި ކްލަބެވެ. އަދި 21:15 ގައި ފަށާ ދެވަނަ މެޗުގައި ބައްދަލުކުރާނީ މާލެގަން ސްޕޯޓްސް ކްލަބާއި ޑީއެސްއާރުސީ ޖޫނިއާސްއެވެ. މިރޭގެ ފަހު މެޗުގައި 22:30 ގައި ހޯދަޑު ސްޕޯޓްސް ކްލަބް ނުކުންނާނީ ގަލޯނާ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ