ޓްރެންޑިންގLoading...
Logo
ދި ހޯކްސް ފުވައްމުލައް ސިޓީކައުންސިލް ފުޓްސެލް މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗުތަކުން ފިސްޑާ އަދި ފުނާޑު ސްޕޯޓްސް ކްލަބް މޮޅުވިއިރު، ދަށިކިޅި ކްލަބް ޖޫނިއާސް އާއި ޔުނައިޓެޑް ދިގުވާނޑުގެ މެޗު އެއްވަރު
ކުޅިވަރު

ދި ހޯކްސް ފުވައްމުލައް ސިޓީކައުންސިލް ފުޓްސެލް މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗުތަކުން ފިސްޑާ އަދި ފުނާޑު ސްޕޯޓްސް ކްލަބް މޮޅުވިއިރު، ދަށިކިޅި ކްލަބް ޖޫނިއާސް އާއި ޔުނައިޓެޑް ދިގުވާނޑުގެ މެޗު އެއްވަރު

October 5, 2026ކިފާހް

ރޭ ފެށި ދި ހޯކްސް ފުވައްމުލައް ސިޓީކައުންސިލް ފުޓްސެލް މުބާރާތުގެ ރޭގެ މެޗުތަކުން ފިސްޑާ އަދި ފުނާޑު ސްޕޯޓްސް ކްލަބް މޮޅުވިއިރު، ދަށިކިޅި ކްލަބާއި ޔުނައިޓެޑް ދިގުވާނޑުގެ މެޗު އެއްވަރުވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ދަށިކިޅި ކްލަބާއި ފިސްޑާ ބައްދަލުކުރިއިރު، މި މެޗު 4 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ފިސްޑާއެވެ. މި މެޗުގައި ފިސްޑާގެ ލަނޑުތައް ޖަހައިދީފައިވަނީ އެ ޓީމުގެ ހުސެން ޝަރީފް (އޮންލީ) އާއި އަޒަޔާން އިބްރާހީމްގެ އިތުރުން މުސްއަބް ބިން މުޙައްމަދު އިބްރާހީމެވެ. މީގެ ތެރެއިން އޮންލީވަނީ ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ފިސްޑާ ޓީމުގެ އޮންލީއެވެ.

ދަށިކިޅި ކްލަބް ޖޫނިއާސް އާއި ޔުނައިޓެޑް ދިގުވާނޑު ބައްދަލުކުރި ރޭގެ ދެވަނަ މެޗު 1 ލަނޑު 1 ލަނޑުން ވީ އެއްވަރެވެ. މި މެޗުގައި ޔުނައިޓެޑް ދިގުވާނޑުގެ ލަނޑު ކާމިޔާބުކޮށްދިނީ ރަޔަން އަލީ ވަހީދެވެ. ދަށިކިޅި ކްލަބް ޖޫނިއާސްގެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ނިހާން އަމްޖަދުއެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ ދަށިކިޅި ކްލަބް ޖޫނިއާސްގެ ހަސަން ޒާމިލްއެވެ.

ރޭގެ ތިންވަނަ މެޗުގައި ބައްދަލުކުރީ މާލެގަމް ސްޕޯޓްސް ކްލަބާއި ފުނާޑު ސްޕޯޓްސް ކްލަބެވެ. މި މެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ފުނާޑު ސްޕޯޓްސް ކްލަބެވެ. މި މެޗުގައި ފުނާޑު ޓީމުގެ އިސްމާއިލް މާދިހު 2 ލަނޑު ޖަހާފައިވާއިރު، އެ ޓީމުގެ އަނެއް ލަނޑު ޖަހައިދީފައިވަނީ މުޙައްމަދު ނާޒިހު ނަޖުމީއެވެ. މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ ފުނާޑު ސްޕޯޓްސް ކްލަބުގެ އިސްމާއިލް މާދިހުއެވެ.

މިރޭވެސް މުބާރާތުގެ 3 މެޗު ކުޅެވިގެންދާނެއެވެ. އެގޮތުން މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހޯދަޑު ސްޕޯޓްސް އާއި އެކުވެރި ހޯދަޑެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 ގައެވެ. ދަށިކިޅި ކްލަބާއި ދަށިކިޅި ޖޫނިއާސް ބައްދަލުކުރާ މިރޭގެ ދެވަނަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 21:15 ގައެވެ. މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ފިސްޑާ އާއި ޔުނައިޓެޑް ދިގުވާނޑެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 22:30 ގައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ