ޓްރެންޑިންގLoading...
Logo
މޯލްޑިވްސް މައި އައިލެންޑްސް މަޖައްލާ އިފްތިތާހު ކޮށްފި
ޚަބަރު

މޯލްޑިވްސް މައި އައިލެންޑްސް މަޖައްލާ އިފްތިތާހު ކޮށްފި

October 3, 2026ކިފާހް

މޯލްޑިވްސް މައި އައިލެންޑްސް މަޖައްލާ މިއަދު ހަވީރު އިފްތިދާހުކޮށްފިއެވެ. "ޕެލަޖިކް ޑައިވާސް ފުވައްމުލައް" ޑައިވް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، އިނގިރޭސިބަހުން ނެރޭ މި މަޖައްލާގެ ފުރަތަމަ އަދަދު ނެރެދެއްވީ މި ހަފްލާގެ ޝަރަފުވެރި މެހުމާނު، ޕެލަޖިކް ޑައިވާސް ފުވައްމުލަކުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އިނާހު އެވެ. މަޖައްލާ އިފްތިދާހު ކޮށްދެއްވުމަށްފަހު އިނާހު ދެއްކެވި ވާހަކަފުޅުގައި ބުނެފައިވަނީ މިއީ ވަރަށް ބުރަ، އެހެންނަމަވެސް ފުރިހަމަ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތަކީ ދިވެހިރާއްޖޭގެ ޚާއްސަކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ އަދި ދިވެހިރާއްޖެ ބޭރު ދުނިޔޭގައި އިޝްތިހާރުކުރުމަށް އިތުރުވެގެންދިޔަ ބޮޅެއްކަމަށްވެސް އިނާހު ފާހަގަކުރެއްވިއެވެ.

މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހު ވިދާޅުވީ، އަބަދުވެސް ރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަމާމެދު ވިސްނަވާ ކަމަށާއި، އަބަދުވެސް ވަރަށް ޝައުގުވެރިކަން ހުންނަ ދާއިރާއެއް ކަމަށާއި، ދިވެހިންނާއި ކަނޑުތަކާ އޮންނަ ގުޅުމާއި ދިވެހި ރާއްޖޭގެ ރަށްތައް އުފެދިފައިވާގޮތާމެދު އަބަދުވެސް ވިސްނަވާކަމަށެވެ. އެ ޝައުގުވެރިކަމުގެ ތެރެއިން ފުރަތަމަ ޑިޖިޓަލް އާކައިވެއްގެ ގޮތުގައި ފެށުނު މި މަސައްކަތް މަޖައްލާއެއްގެ ސިފައިގައި މިއަދު ނެރެވިގެންދިޔުން، ހުވަފެނެއް ހަގީގަތަކަށްވުން ގޮތުގައި ޔާސިރު ވަނީ ސިފަކުރައްވާފައެވެ.

މަޖައްލާއާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވިއެވެ. "މި ސަފްހާތަކުގެ ޒަރީއާއިން، ރާއްޖޭގެ ހާއްސަ ރީތިކަން ސިފަކޮށްދޭ އަގުހުރި އަދި ޝައުގުވެރި ވާހަކަތަކެއް ހިއްސާކުރެވިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. މި ވާހަކަތަކުގައި ބަލާލެވިފައިވާނީ އަޅުގަނޑުމެންގެ ގުދުރަތީ އަދި ސަގާފީ ތަރިކައިގެ މުހިންމު ބައެއް ކަމުގައިވާ ދިރުންތަކާއި، އީކޯސިސްޓަމްތަކާއި، އާދަކާދަތަކާއި، އަދި މީހުންގެ މައްޗަށެވެ." ޔާސިރު ވިދާޅުވިއެވެ.

އަދި މި މަޖައްލާއަކީ ހަމައެކަނި ސިފަކުރުންތަކަކުން ނިންމާލާފައިވާ މަޖައްލާއެއް ނޫނެވެ. މިއީ ސައިންޓިފިކް މައުލޫމާތާއި، ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކާ ބެހޭ ކަނޑުގެ ބަޔޮލޮޖިސްޓުންގެ ދިރާސާތަކާއި، އަދި ރަށްރަށުގެ އާންމު ރައްޔިތުންނާއި ޑައިވަރުންގެ އަމަލީ ތަޖުރިބާތައް އެއްކޮށްގެން ތައްޔާރުކޮށްފައިވާ ފުން ދިރާސީ މަސައްކަތެކެވެ. "މީގެ އެންމެ މުހިންމު އެއް ބަޔަކީ، ޖީލުތަކަކަށް ދިވެހި މުޖުތަމައު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ގަދީމީ މަސްވެރިކަމާއި ޒަމާނީ މަސްވެރިކަމުގެ އަނގަބަހުން އައިސްފައިވާ ތާރީޚީ ވާހަކަތައް (ފޯކްލޯ)އެވެ. " ޔާސިރު އިތުރަށް ވިދާޅުވިއެވެ.

މި މަޖައްލާ ކާމިޔާބުކަމާއެކު ނެރެވުނީ ހުނަރުވެރި އަދި ގާބިލު ޓީމެއްގެ ބުރަ މަސައްކަތުންނެވެ. އޭގެ ތެރޭގައި އަހުމަދު އިނާހު، ނަޝީދު އަހުމަދު (ލޮނު)، އަދި ޒަފަރު އަލީ ފަދަ ފީނުންތެރި އަންޑަރވޯޓަރ ފޮޓޯގްރާފަރުންގެ ފޮޓޯތަކުން ކަނޑުއަޑީގެ ރީތިކަން ދައްކުވައިދީފައިވާއިރު، ބްރޭންޑް ޕާޓްނަރޝިޕްތައް ބަލަހައްޓާފައިވަނީ އާއިޝަތު ތާރާ ހަމްދޫން އެވެ. މީގެއިތުރުން، މި މަޖައްލާއަށް ސަގާފީ މައުލޫމާތާއި އަނގަބަހުން އައިސްފައިވާ ތާރީޚު ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި މުހައްމަދު އަލީ ދީދީ، މުހައްމަދު މުއީން (މުއީންބެ) އަދި ކުރީގެ އާދަކާދައާ ގުޅޭ ތާރީޚީ މައުލޫމާތު ފޯރުކޮށްދެއްވި އަލްމަރުޙޫމް މުހައްމަދު ހަފީޒް (ރެކީބެއަ) އާއި އަލްމަރުޙޫމް ޢަބްދުﷲ ރަފީޤުގެ މުހިންމު ހިއްސާ ފާހަގަކޮށްލެވެއެވެ. އަދި އަލީ ޝަނީމް އަހުމްދާއި އަހްމަދު ނަޖާހް އިބްރާހިމްގެ މަސައްކަތް ފާހަނގަކޮށލެވެއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ