
ފުވައްމުލައް ސިޓީ ކައުންސިލް ބަށިބޯޅަ މުބާރާތް 2026 ގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފި
ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ބޭއްވި ބަށިބޯޅަ މުބާރާތް 2026 ގެ ޗެމްޕިއަންކަން، މިސްކިތްމަގު އެންމެންގެ ގުޅުން ޓީމު ހޯދައިފިއެވެ.
ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމު ހޯދީ، މިއަދު ހަވީރު މާލެގަމް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ މި މެޗުގައި މާލެގަމް ސްޕޯޓްސް އަށް ހެދިފައިވަނީ 17 ލަނޑާއި 04 ފޯލި އެވެ. މިސްކިތްމަގު އެންމެންގެ ގުޅުމުން ވަނީ 29 ލަނޑު 4 ފޯލިން މި މެޗު ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ވަނަތައް ހޯދި ފަރާތްތައް:
- ޗެމްޕިއަން ޓީމު: މިސްކިތްމަގު އެންމެންގެ ގުޅުން
- ރަނަރސް އަޕް ޓީމު: މާލެގަމް ސްޕޯޓްސް ކްލަބް
- ފެއާޕްލޭ ޓީމު: ޔުނައިޓެޑް ދިގުވާނޑު
- ބަށިރާނީ (މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ): މަރްޔަމް އާގިސާ (މިސްކިތްމަގު އެންމެންގެ ގުޅުން) މުބާރާތުގައި ޖުމްލަ 1875 ޕޮއިންޓް ހޯދާފައިވެއެވެ.
- އެންމެ މޮޅު ޖެހުންތެރިޔާ: މަރްޔަމް އާގިސާ (މިސްކިތްމަގު އެންމެންގެ ގުޅުން) - މުޅި މުބާރާތުގައި 625 ބޯޅަޖަހާފައި ވޭ
- އެންމެ މޮޅު ހިފުންތެރިޔާ: އާމިނަތު ރަޝީދާ (މިސްކިތްމަގު އެންމެންގެ ގުޅުން) - 112 ބޯޅަ ހިފާފައިވެއެވެ.
- އެންމެ މޮޅު ކޯޗު: އަޙްމަދު ތަލާލް މުޙައްމަދު (މިސްކިތްމަގު އެންމެންގެ ގުޅުން)
- އެންމެ ހިތްވަރުގަދަ ކުޅުންތެރިޔާ: އާއިޝަތު އަލީ (މާލެގަމް ސްޕޯޓްސް ކްލަބް)
- އެންމެ އުންމީދީ ކުޅުންތެރިޔާ: ތަސްލީމާ ސޯދިގު (މާލެގަމް ސްޕޯޓްސް ކްލަބް)
މުބާރާތުގެ އެންމެ މޮޅު 8 ކުޅުންތެރިން:
- ފާތިމަތު ރަޟީއްޔާ (މިސްކިތްމަގު އެންމެންގެ ގުޅުން)
- މަރްޔަމް އާގިސާ (މިސްކިތްމަގު އެންމެންގެ ގުޅުން)
- އައިމިނަތު ރަޝީދާ (މިސްކިތްމަގު އެންމެންގެ ގުޅުން)
- މަރްޔަމް މުނީރާ (މިސްކިތްމަގު އެންމެންގެ ގުޅުން)
- ފާތިމަތު ހަނީފާ (ޔުނައިޓެޑް ދިގުވާނޑު)
- މިޒްނާ ޝަރީފް (ޔުނައިޓެޑް ދިގުވާނޑު)
- ޝާދިޔާ މޫސާ (މާލެގަމް ސްޕޯޓްސް ކްލަބް)
- އާއިޝަތު އަލީ (މާލެގަމް ސްޕޯޓްސް ކްލަބް)
ފައިނަލް މެޗު ނިމުމާއެކު ބޭއްވި ޚާއްޞަ ނިންމުމުގެ ރަސްމިއްޔާތުގައި، މުބާރާތުން ވަނަތައް ހޯދި ޓީމުތަކާއި ކުޅުންތެރިންނަށް ޓްރޮފީ، މެޑެލް އަދި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. ގިނަ ދުވަސްތަކަކަށްފަހު ފުވައްމުލޭގައި ބޭއްވުނު މި ބަށި މުބާރާތަކީ ވަރަށް ފޯރިގަދަ، އަދި ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެންދިޔެ ކާމިޔާބު މުބާރާތެކެވެ.
ކޮމެންޓް
ލޯޑިންގ...
