
ފުވައްމުލައް ސިޓީކައުންސިލް ބަށިބޯޅަ މުބާރާތުގެ ފައިނަލަށް މާލެގަމް ސްޕޯޓްސް ކްލަބާއި މިސްކިތްމަގު އެންމެންގެ ގުޅުން
މިހާރު ކުރިއަށްދާ ފުވައްމުލައް ސިޓީކައުންސިލް ބަށިބޯޅަ މުބާރާތް 2026 ގެ ފައިނަލުން މާލެގަމް ސްޕޯޓްސް އާއި މިސްކިތްމަގު އެންމެންގެ ގުޅުން ޖާގަހޯދައިފި.
މާލެގަމް ސްޕޯޓްސްއިން ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ އިއްޔެ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ޔުނައިޓެޑް ދިގުވާނޑުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ޔުނައިޓެޑް ދިގުވާނޑަށް ހެދިފައިވަނީ 20 ލަނޑު 10 ފޯލިއެވެ. މާލެގަމް ސްޕޯޓްސްއިންވަނީ 23 ލަނޑު 3 ފޯލި ހަދާފައެވެ. މިއާއެކު މެޗުން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ މާލެގަމް ސްޕޯޓްސްއެވެ. މެޗުގައި 264 ޕޮއިންޓް ހޯދައިގެން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޔުނައިޓެޑް ދިގުވާނޑުގެ ފާތިމަތު ސައީދުއެވެ.
ސެމީފައިނަލްގެ ދެވަނަ ޖާގަ މިސްކިތްމަގު އެންމެންގެ ގުޅުމުން ހޯދީ އެކުވެރި ފުނާޑާއެކު ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި އެކުވެރިފުނާޑަށް ހެދިފައިވަނީ 14 ލަނޑު 2 ފޯލިއެވެ. މިސްކިތްމަގު އެންމެންގެ ގުޅުމުންވަނީ 24 ލަނޑު 11 ފޯލި ހަދާފައެވެ. މި ނަތީޖާއާއެކު މެޗުން މޮޅުވީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ 304 ޕޮއިންޓު މެޗުގައި ހޯދި މިސްކިތްމަގު ޓީމުގެ މަރިޔަމް އާގިސާއެވެ.
މިސްކިތްމަގު އެންމެންގެ ގުޅުމާއި މާލެގަމް ސްޕޯޓްސް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު މިއަދު ކުޅޭގޮތަށްވަނީ ހަމަޖެހިފައެވެ. މެޗު ފެށޭ ގަޑިއަކީ ހަވީރު 16:30 އެވެ.
ކޮމެންޓް
ލޯޑިންގ...
