ޓްރެންޑިންގLoading...
Logo
އަމިއްލަ ފަރާތަކުން ފުވައްމުލަކު އަތޮޅު ކައުންސިލަށް ހަތަރު ލައްކަ ރުފިޔާގެ ކުލަ ހަދިޔާކޮށްފި
ޚަބަރު

އަމިއްލަ ފަރާތަކުން ފުވައްމުލަކު އަތޮޅު ކައުންސިލަށް ހަތަރު ލައްކަ ރުފިޔާގެ ކުލަ ހަދިޔާކޮށްފި

October 29, 2011ތާރިގް

ސާކްސަމިޓާ ގުޅުވައިގެން ފުވައްމުލަކުގައި ހިންގަން ހަމަޖެހިފައިވާ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން ފުވައްމުލައް ޒީނަތްތެރިކުރުމަށްޓަކައި ފުވައްމުލަކު އަތޮޅު ކައުންސިލާއި ރަށުކައުންސިލްތައް ގުޅިގެން ހިންގާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން އަމީން ކޮންސްޓަރަކްޝަންގެ ޗެއާމަން އަބްދުﷲ މުހައްމަދު ހަތަރުލައްކަ ރުފިޔާގެ ކުލަ އަތޮޅު ކައުންސިލަށް ހަދިޔާކުރައްވައިފިއެވެ.

ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދު މުހައްމަދު ވިދާޅުވީ ކުލަގެނައުމުގެ ކަންތައް ބިޑް އުސޫލުން ފްރީގޭޓާއި ހަވާކުކޮށްގެން ކުލަގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމުގައެވެ. އެގޮތުން ފުރަތަމަ ޝިޕްމަންޓްގައި ފަސްގިލަނުގެ 136 ޓައްޕު ކުލަ ފުވައްމުލަކަށް އައިސްފައިވާކަމަށާއި ބާކިބައިވެސް މިމަހުގެ 25 ހުގެ ކުރިން ގެނެސް ދިނުމަށް ފްރީގޭޓުން އެއްބަސްވެފައި ވާކަމުގައެވެ.

މިކުލަތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިމުމަށް ރާވާފައިވަނީ ރަށުކައުންސިލް ތަކުންނެވެ. އަހުމަދު މުހައްމަދު ވިދާޅުވީ މިއީ ރަށުގެ ހުރިހާ މަގުފާރުތަކެއްގައި ލާންބޭނުންވާ ކުލަ އަތޮޅުކައުންސިލްތަކުން ދިނުމުގެ މަގުސަދުގައި ކުރެވޭ ކަމެއް ނޫންކަމުގައެވެ. ފާރުތަކުގައި ކުލަ ލައި ރަށާއި އަމިއްލަ ގެދޮރު ސާފުކޮށް ޒީނަތްތެރި ކުރުމަކީ ގައުމީ ރޫހާއި ޖޯޝު އިސްކުރައްވައިގެން އެންމެންގެ ވެސް ޒިންމާއެއްގެ ގޮތުގައި ބައްލަވައި ކުރިއަށް ގެންގޮސްދިނުމަކީ އަތޮޅު ކައުންސިލާއި ރަށުކައުންސިލްތަކުގެ ވަރަށް ބޮޑު އެދުމެއްކަމުގައިވެސް އަހުމަދު މުޙައްމަދު ވިދާޅުވިއެވެ.

 

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ