ޓްރެންޑިންގLoading...
Logo
ފުވައްމުލަކުގައި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދޭ އިނާމު 10،000 ރުފިޔާއަށް ބޮޑުކޮށްފި
ޚަބަރު

ފުވައްމުލަކުގައި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދޭ އިނާމު 10،000 ރުފިޔާއަށް ބޮޑުކޮށްފި

October 1, 2026ކިފާހް

ރާއްޖޭގައި އެންމެ ގިނަ ހާފިޒުން ތިބި ފުވައްމުލަކުން ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ދެމުން އައި މާލީ އިނާމު 10،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިހާތަނަށް ފުވައްމުލައް ސިޓީ ކައުންސިލުން މި އިނާމުގެ ގޮތުގައި ދެމުން އައީ 5،000 ރުފިޔާއެވެ. ނަމަވެސް، ކައުންސިލްގެ ހުރިހާ މެމެބަރުންގެ އިއްތިފާގުން، ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރުދީ އަގުވަޒަންކުރުމުގެ ގޮތުން މި އެހީ ދެގުނައަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން، ގުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަފްލާތައްވެސް ބާއްވައެވެ. މިހާތަނަށް ފައިސާގެ މި އިނާމު ހަވާލުކުރަނީ ކޮންމެ އަހަރަކުވެސް ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ފުވައްމުލައް ސިޓީ ކައުންސިލް ގުރުއާން މުބާރާތް" ނިންމުމުގެ ރަސްމީޔާތުގައެވެ.

ފުވައްމުލަކަކީ ރާއްޖޭގެ އެއް ރަށަކުން އެންމެ ގިނަ ކީރިތި ގުރުއާން ހިތުދަސް ހާފިޒުން ތިބި ރަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ ހާފިޒުންގެ ތެރެއިން 69 ހާފިޒުން ނިސްބަތްވަނީ ފުވައްމުލަކަށެވެ. މިއީ ފުވައްމުލަކު ރައްޔިތުންގެ ކިބައިގައި ކީރިތި ޤުރުއާނަށް އޮތް ލޯތްބާއި، ދީނީ ކަންކަމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ. ކައުންސިލުން މި ނިންމި ނިންމުމަކީ ރަށުގައި ގުރުއާނުގެ ނޫރު ފަނޑުވިޔަ ނުދީ ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ އިތުރުން ކައުންސިލުން މިކަމަށް ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ