ޓްރެންޑިންގLoading...
Logo
މިހާރު ކުރިއަށްދާ ފުވައްމުލައް ސިޓީކައުންސިލް ބަށިމުބާރާތް 2026 ގައި އިއްޔެ ކުޅުނު މެޗުތަކުން މިސްކިތްމަގު އެންމެންގެ ގުޅުމާއި މަލްވިނަ ޓީމު މޮޅުވެއްޖެ
ކުޅިވަރު

މިހާރު ކުރިއަށްދާ ފުވައްމުލައް ސިޓީކައުންސިލް ބަށިމުބާރާތް 2026 ގައި އިއްޔެ ކުޅުނު މެޗުތަކުން މިސްކިތްމަގު އެންމެންގެ ގުޅުމާއި މަލްވިނަ ޓީމު މޮޅުވެއްޖެ

September 30, 2026ކިފާހް

އިއްޔެ މިސްކިތްމަގު ޓީމު ކުޅުނީ ޑީ.އެސް.އާރު.ސީ ރަނިންއާ އެވެ. މި މެޗުގައި ޑީ.އެސް.އާރު.ސީ ރަނިން ޓީމަށް ހެދިފައިވަނީ 23 ލަނޑު 10 ފޯލިއެވެ. މިސްކިތްމަގު ޓީމުން ވަނީ 28 ލަނޑު 3 ފޯލި ހަދާފައެވެ. މިއާއެކު މި މެޗުން މޮޅުވެފައިވަނީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމެވެ. މި މެޗުގައި 330 ޕޮއިންޓު ހޯދައިގެން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމުގެ މަރިޔަމް އާގިސާއެވެ.

އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ މަލްވިނަ އަދި ހަވިއްތަ ޓީމެވެ. މި މެޗުގައި ހަވިއްތަ ޓީމަށް ހެދިފައިވަނީ 23 ލަނޑު ސުން ފޯލިއެވެ. މަލްވިނަ ޓީމު ވަނީ 28 ލަނޑު 0 ފޯލި ހަދާފައެވެ. އެހެންކަމުން މި މެޗުން މޮޅުވެފައިވަނީ މަލްވިނަ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މަލްވިނަ ޓީމުގެ ސަފާ އަދުނާނެވެ. އޭނާ ވަނީ މި މެޗުގައި 345 ޕޮއިންޓު ހޯދާފައެވެ.

މިއަދު ހަވީރުވެސް މުބާރާތުގެ ދެ މެޗު ކުޅެވޭނެއެވެ. މިއަދު ކުޅޭނީ ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗެވެ. އެގޮތުން މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ދިގުވާނޑު އަދި ޑީ.އެސް.އާރު.ސީ ރަނިން ޓީމެވެ. މި މެޗު ފަށާ ގަޑިއަކީ ހަވީރު 15:45 އެވެ. ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ ދޫނޑިގަން ކަނބަލުން އަދި މާލެގަން ސްޕޯޓްސް ކްލަބެވެ. މި މެޗު ފެށޭ ގަޑިއަކީ 16:50 އެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ