ޓްރެންޑިންގLoading...
Logo
ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
ޚަބަރު

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

September 29, 2026ކިފާހް

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

"ވޯލްޑް ހާޓް ޑޭ" ނުވަތަ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ޚާއްސަ ހަރަކާތްތަކެއް ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން ފުވައްމުލަކުގައި ގާއިމުވެގެން ހިންގާ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭހެން ހުރިހާ ބައިވެރިން ހިތެއްގެ ބައްޓަމަށް އެތުރުމާއެކު ކަސްރަތުގެ ޚާއްސަ ހަރަކާތްތަކެއް މި އިވެންޓުގައި ހިމެނިގެން ކުރިއަށް ދިޔައެވެ.

މީގެ އިތުރުންވެސް ދުވަހާ ގުޅުވައިގެން ސިޓީ ކައުންސިލުން އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން އެ އިދާރާގެ ކޮންމެ މުވައްޒަފަކަށް އާފަލެއް ހަދިޔާކުރުމުގެ އިތުރުން އެ އިދާރާއިން މިއަދު ޚިދުމަތް ހޯދަންދާ ކޮންމެ ރައްޔިތަކަށް އާފަލެއް މި ހަރަކާތުގެ ތެރެއިން ހަދިޔާކުރެވިގެންދިޔައެވެ. ދުވަހާގުޅުވައިގެން މިއަނދުގެ ކައުންސިލްގެ ސްޓާފް މީޓިންވެސް ކުރިޔަށް ގެންގޮސްފައިވަނީ މި ހަރަކާތްތައް ކުރިޔަށްދިޔަ ޔޫތް ސެންޓަރުގައެވެ

މީގެއިތުރުން ފުވައްމުލަކު ހޮސްޕިޓަލާ ގުޅިގެން ހަކުރު ޓެސްޓު ހެދުމުގެ މި ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ދިޔައެވެ. ދުނިޔޭގެ ހިތުގެ ދުވަސް ފުރަތަމަ ފާހަގަކުރެވިގެންދިޔައީ 2000 ވަނަ އަހަރުއެވެ. "ވޯލްޑް ހާޓް ފެޑެރޭޝަން" އާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގުޅިގެން ފާހަގަކުރަންފެށި ހިތުގެ ދުވަހުގެ ބޭނުމަކީ ދުނިޔޭގައި މީހުން މަރުވާ އެންމެ ބޮޑު ސަބަބުކަމަށް ރެކޯޑުކުރެވިފައިވާ ހިތާ ގުޅުންހުރި ބަލިތަކާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، މިކަން މިހެންދިމާވާންޖެހޭ ސަބަބުތައް ދެނެގަތުމާއި ހިތާ ގުޅުންހުރި ބަލިތަކުގެ ސަބަބުން މީހުން މަރުވާ މިންވަރު ދަށްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމެވެ. ދުނިޔޭގައި އަހަރެއްގެ މައްޗަށް 20 މިލިއަނަށްވުރެ ގިނަ މީހުން ހިތާ ގުޅުންހުރި ތަފާތު ބަލިތަކުގެ ސަބަބުން މަރުވާކަމަށް ރެކޯޑުތަކުން ދައްކައެވެ. ހާޓް އެޓޭކް އަދި ސްޓްރޯކް ފަދަ ކަންކަމަކީ ރާއްޖޭގައިވެސް އާބާދީގެ ނިސްބަތަށް ބަލާއިރު ގިނަ ބަލިތަކެއްކަން ފާހަގަކުރެވެއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ