
ފުވައްމުލައް ސިޓީކައުންސިލް ބަށިމުބާރާތުގެ އިއްޔެގެ މެޗުތައް އެކުވެރި ފުނާޑު އަދި ޔުނައިޓެޑް ދިގުވާނޑަށް
މިހާރު ކުރިޔަށްދާ ފުވައްމުލައް ސިޓީކައުންސިލް ބަށިމުބާރާތް 2026 ގެ އިއްޔެގެ މެޗުތައް އެކުވެރި ފުނާޑު ޓީމް އަދި ޔުނައިޓެޑް ދިގުވާނޑުން ކާމިޔާބުކޮށްފިއެވެ.
އިއްޔެގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފިސްޑާ އަދި އެކުވެރި ފުނާޑެވެ. މި މެޗުގައި އެކުވެރި ފުނާޑުން ހަދާފައިވަނީ 20 ލަނޑު 0 ފޯލިއެވެ. އަދި ފިސްޑާ ޓީމަށް ހެދިފައިވަނީ 16 ލަނޑު 1 ފޯލިއެވެ. އެހެންކަމުން މި މެޗު ކާމިޔާބުކޮށްފައިވަނީ އެކުވެރި ފުނާޑެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފިސްޑާ ޓީމުގެ މަރިޔަމް މުހައްމަދެވެ. އޭނާ ވަނީ މެޗުގައި 248 ޕޮއިންޓު ހޯދާފައެވެ.
އިއްޔެގެ ދެވަނަ މެޗުގައި ޔުނައިޓެޑް ދިގުވާނޑު އަދި ހަވިއްތަ ޓީމު ބައްދަލުކޮށްފައިވާއިރު، މި މެޗުގައި ހަވިއްތަ ޓީމަށް ހެދިފައިވަނީ 20 ލަނޑު 8 ފޯލިއެވެ. އަދި ޔުނައިޓެޑް ދިގުވާނޑުން ވަނީ 27 ލަނޑު 8 ފޯލި ހަދާފައެވެ. އެހެންކަމުން މި މެޗުން މޮޅުވެފައިވަނީ ޔުނައިޓެޑް ދިގުވާނޑެވެ. މެޗުގައި 246 ޕޮއިންޓް ހޯދައިގެން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޔުނައިޓެޑް ދިގުވާނޑުގެ ފާތިމަތު ސައީދާއެވެ.
މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދުގެ ފުރަތަމަ މެޗު (މުބާރާތުގެ 13 ވަނަ މެޗު) ގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމާއި ޑީ.އެސް.އާރު.ސީ ރަނިން ޓީމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ 15:45 އެވެ. މިއަދުގެ ދެވަނަ މެޗު (މުބާރާތުގެ 14 ވަނަ މެޗު) ގައި ބައްދަލުކުރާނީ މަލްވިނަ އަދި ހަވިއްތަ ޓީމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:50 ގައެވެ.
ކޮމެންޓް
ލޯޑިންގ...
