ޓްރެންޑިންގLoading...
Logo
ރޭ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ އިންޖީނުގޭގައި ހުރި މެއިން ފޯމަރެއް އޮފްވެގެން
ޚަބަރު

ރޭ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ އިންޖީނުގޭގައި ހުރި މެއިން ފޯމަރެއް އޮފްވެގެން

September 29, 2026ކިފާހް

ފުވައްމުލަކު އިންޖީނުގޭ ގޯތިތެރޭގައި ހުރި ބޮޑު ދެ ފޯމަރުގެ ތެރެއިން އެއް ފޯމަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ނިވުމުގެ ސަބަބުން، ރޭ ދަންވަރުގެ ވަގުތެއްގައި ރަށުގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ރޭ 12:00 ހާއިރު ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ސަރަޙައްދުތަކަކީ

  • ދަޑިމަގު
  • ހޯދަޑު
  • ފުނާޑު
  • މިސްކިތްމަގު
  • މާލެގަން

މި ފޯމަރު ކުއްލި ގޮތަކަށް ނިވެން ދިމާވި ވަކި ސަބަބެއް މިހާތަނަށް ފާހަގަކުރެވިފައި ނުވި ނަމަވެސް، ފަންނީ މުވައްޒަފުންގެ މަސައްކަތުން ކަރަންޓު ކެނޑުނުތާ 45 މިނިޓުތެރޭގައި ވަނީ އަލުން ޚިދުމަތް ދީފައެވެ.

ދަންވަރުގެ ވަގުތެއްގައި މިފަދަ ކަމެއް ދިމާވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާއި ނުތަނަވަސްކަމާ ކުރިމަތިލާންޖެހުނެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ