
ކްރިކެޓްގައި ފުވައްމުލަކަށް މިލިބެނީ ދެވަނަ ފުރުސަތެއް: ހަސަން
ކްރިކެޓް ތަރައްގީކޮށް ފުވައްމުލަކުގެ ވައިގައި ހިއްޕާލުމަށް ފުވައްމުލަކަށް މިލިބެނީ ދެވަނަ ފުރުސަތެއްކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ހަސަން ސައީދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކަށް ކްރިކެޓް ތައާރަފުކޮށް ފުވައްމުލަކުގައި ކްރިކެޓް ދިރުވުމަށްޓަކައި ކްރިކެޓް ކޮންޓްރޯލް ބޯޑުން ކުރައްވަމުންގެންދަވާ މަސައްކަތް ތަކުގެ ދަށުން ބާއްވާ ކްރިކެޓް ކޯޗުން ތަމްރިނުކުރާ ކޭމްޕް ފައްޓަވައިދެއްވަމުން ހަސަން ވިދާޅުވީ މީގެ 26 ވަރަކަށް އަހަރުކުރިން ފުވައްމުލަކުގައި ކާނުތަކުގެ މަސައްކަތް ކުރިއިރު އެކަމުގައި ވަޑައިގެން އޭރު އުޅުއްވި އެންޑީ އަޒީ ފުވައްމުލަކަށް ކްރިކެޓް ތައާރަފްކޮށް އެކުޅިވަރު ދިރުވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިކަމުގައެވެ. ނަމަވެސް މާގިނަދުވަސްތަކެއް ނުވެ އެކުޅިވަރު ވަޅުޖެހިގެން ގޮސްފައިވާކަމަށް ހަސަން ވިދާޅުވިއެވެ. ބައިވެރިންނާއި މުޚާތަބުކުރައްވަމުން، ކޯޗިންކޭމްޕުން ދަސްވާ އެއްޗެއްގެ ބޭނުން ރަނގަޅަށް ހިފައި ފުވައްމުލަކަށް ކްރިކެޓްގައި ރަނގަޅު މުސްތަގުބަލެއް ބިނާކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް ހަސަން އިލްތިމާސްކުރެއްވިއެވެ.
ފުވައްމުލަކުގައި މިއަދު ފެށުނު ކޯޗިން ކޭމްޕަކި ލެވެލް ޒީރޯގެ ކޯހެއްކަމަށް ކޯސްހިންގެވުމަށް މިކޮޅަށް ވަޑައިގެން ހުންނެވި ކްރިކެޓް ކޮންޓްރޯލް ބޯޑުގެ ކޯޑިނޭޓަރ އިމާދު އިސްމާއީލް ވިދާޅުވިއެވެ. 30 މީހަކަށް ފުރުސަތުދީގެން ހިންގާ މިކޯސް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ނުވަދުވަހުގެ މުއްދަތަށް ކަމަށާއި ކޯހަށް ރަނގަޅުތަރުހީބެއް ލިބިފައިވާކަމަށް އިމާދު ވިދާޅުވިއެވެ.
އިމާދު ވިދާޅުވިގޮތުގައި ތިންބަޔަކަށް ބަހާލެވިފައިވާ މިކޭމްޕުގެ ތިއަރީ ބައިތައް ގެންދެވޭނި ފުވައްމުލަކު ޔޫތު ސެންޓަރުގައެވެ އަދި ޕްރެކްޓިކަށް ގެންދެވޭނި އަރުއްފަންނު ސަރަހައްދުގައި ތަރައްގީކުރަމުންދާ ކްރިކެޓް ސްޓޭޑިއަމްގައެވެ.
ކޮމެންޓް
ލޯޑިންގ...
