
ފުވައްމުލައް ސިޓީކައުންސިލް ބަށި މުބާރާތް 2026 ގައި މިއަދު ޑީ.އެސް.އާރު.ސީ އަދި މިސްކިތްމަގު އެންމެންގެ ގުޅުން ޓީމު މޮޅުވެއްޖެ
ފުވައްމުލައް ސިޓީކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުވައްމުލައް ސިޓީކައުންސިލް ބަށި މުބާރާތް 2026 ގައި މިއަދު ކުޅެވުނު މެޗުތައް ޑީ.އެސް.އާރު.ސީ ރަނިން އަދ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމުން ކާމިޔާބުކޮށްފިއެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ޑީ.އެސް.އާރު.ސީ މޮޅުވީ ހަވިއްތަ ޓީމާ ވާދަކޮށެވެ. މި މެޗުން ޑީ.އެސް.އާރު.ސީ މޮޅުވީ 27 ލަނޑު 5 ފޯލުންނެވެ. 237 ޕޮއިންޓް ހޯދައިގެން މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޑީ.އެސް.އާރު.ސީ ރަނިން ޓީމުގެ އައިޝަތު ރިޒްމީނާއެވެ.
މިއަދުގެ ދެވަނަ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުން ޓީމު، މަލްވިން ޓީމުގެ މައްޗަށް ކުރި ހޯދީ 29 ލަނޑު 3 ފޯލުންނެވެ. މި މެޗުގައި 366 ޕޮއިންޓް ހޯދައިގެން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމުގެ މަރިޔަމް އާގިސާއެވެ.
މާދަމާވެސް މުބާރާތުގެ ދެ މެޗު ކުޅުމަށް ވަނީ ރޭވިފައެވެ އެގޮތުން މާދަމާގެ ފުރަތަމަ މެޗުގައި ފިސްޑާ ނުކުންނާނީ އެކުވެރި ފުނާޑާ ދެކޮޅަށެވެ. މި މެޗު ފެށޭ ގަޑިއަކީ ހަވީރު 15:45 އެވެ. މާދަމާގެ ދެވަނަ މެޗު 16:50 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ދިގުވާނޑު އަދި ހަވިއްތަ އެވެ.
ކޮމެންޓް
ލޯޑިންގ...
