
ފުވައްމުލަކުގެ ފެނާ ނަރުދަމާގެ ހިދުމަތް އެމްޑަބްލިއުއެސްސީ އަށް ބަދަލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ފުވައްމުލަކާއި އައްޑުއަށް ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ބަދަލުކުރުމާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީގެ ފޭސްބުކްޕޭޖުގައިވާގޮތުން މިއެއްބަސްވުމަކީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މެދުނުކެނޑި، އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދިނުމަށް އިސްކަންދީގެން، ހަރުދަނާ އަދި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް އެމްޑިބްލިޔުއެސްސީގެ ދަށަށް ބަދަލުކުރުމަށްޓަކައި އެކުލަވައިލެވުނު އެއްބަސްވުމެކެވެ. މި ބަދަލުގެ ދަށުން، ކަމާގުޅޭ އޮޕަރޭޝަންތަކާއި، އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކުގެ އިތުރުން، ހިނގަމުންދާ މަޝްރޫޢުތަކާއި، ކަސްޓަމަރުންގެ ރެކޯޑުތަކާއި، އެއްބަސްވުންތަކާއި، އިންވެންޓްރީ އަދި އެހެނިހެން ޒިންމާތައް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ޔަގީންކުރުމަށްފަހު އެމް.ޑަބްލިޔު.އެސް.ސީއާ ޙަވާލުކުރެވޭނެއެވެ.
މި އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފް ޙުސައިނެވެ.
2018 ވަނަ އަހަރުންފެށީގެން ފުވައްމުލަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުންދިޔަނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމުގައިވެސް ގިނަ މައްސަލަތަކެއް ދަނީ ދިމާވަމުންނެވެ. މިމައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާކަމަށް ދޭތެރެދޭތެރެއިން ފެނަކައިން ބުނަމުދިޔަނަމަވެސް އެކަށިގެންވާ ހައްލުތަކެއް މިހާތަނަށްވެސް ލިބިފައެއްނުވެއެވެ.
ކޮމެންޓް
ލޯޑިންގ...
