
ފުވައްމުލައް ސިޓީކައުންސިލް ބަށި މުބާރާތް 2026: މިއަދުގެ މެޗުތަކުން މާލެގަމް ސްޕޯޓްސް ކްލަބް، މިސްކިތްމަގު އެންމެންގެ ގުޅުން އަދި ޔުނައިޓެޑް ދިގުވާނޑު މޮޅުވެއްޖެ
މިހާރު ކުރިއަށްދާ ފުވައްމުލައް ސިޓީކައުންސިލް ބަށި މުބާރާތުގައި މިއަދު ކުޅެވުނު މެޗުތަކުން މާލެގަމް ސްޕޯޓްސް ކްލަބް، މިސްކިތްމަގު އެންމެންގެ ގުޅުން އަދި ޔުނައިޓެޑް ދިގުވާނޑު މޮޅުވެއްޖެއެވެ.
މިއަދުގެ ފުރަތަމަ މެޗު ކުޅެވުނީ ހެނދުނު 6:30 ގައެވެ. މިއީ މުބާރާތުގެ 6 ވަނަ މެޗެވެ. މި މެޗު ފިސްޑާއާ ވާދަކޮށް މާލެގަމް ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ 22 ލަނޑު 11 ފޯލިންނެވެ. 230 ޕޮއިންޓް ހޯދައިގެން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފިސްޑާ ޓީމުގެ މަރިޔަމް މުޙައްމަދެވެ.
މިއަދުގެ ދެވަނަ މެޗު، ނުވަތަ މުބާރާތުގެ 7 ވަނަ މެޗު މަލްވިނަ ޓީމާ ވާދަކޮށް ޔުނައިޓެޑް ދިގުވާނޑުން ކާމިޔާބުކުރީ 28 ލަނޑު ސުން ފޯލިންނެވެ. މި މެޗުގައި 225 ޕޮއިންޓް ހޯދައިގެން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މަލްވިނަ ޓީމުގެ ސަފާ އަދުނާނެވެ.
މިއަދުގެ ފަހު މެޗު، މުބާރާތުގެ 8 ވަނަ މެޗުގައި ދޫނޑިގަން ކަނބަލުންގެ މައްޗަށް އެކުވެރި ފުނާޑުން ކުރި ހޯދީ 21 ލަނޑު ދެ ފޯލިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގައި 228 ޕޮއިންޓް ހޯދި ދޫނޑިގަން ކަނބަލުން ޓީމުގެ ފާތިމަތު އަންވަރީއެވެ.
މާދަމާވެސް މުބާރާތުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ހަވީރު 15:45 ގައި ޑީ.އެސް.އާރު.ސީ ރަނިން ނުކުންނާނީ ހަވިއްތަ ޓީމާ ދެކޮޅަށެވެ. މާދަމާގެ ދެވަނަ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުން ނުކުންނާނީ މަލްވިނަޔާ ދެކޮޅަށެވެ. މި މެޗު ފަށާ ގަޑިއަކީ ހަވީރު 16:50 އެވެ.
ކޮމެންޓް
ލޯޑިންގ...
