
ފުވައްމުލަކު ޔޫތްހަބް ގެ ޑިޒައިނަށް ޚިޔާލު ހޯދުމުގެ އާންމު ބައްދަލުވުމެއް 27 ސެޕްޓެމްބަރުގައި
މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް އިން ފުވައްމުލައް ސިޓީގައި ގާއިމުކުރުމަށް ރާވާފައިވާ ޔޫތްހަބްގެ ޑިޒައިނާ ގުޅޭގޮތުން އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފިއެވެ. މި ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ 27 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 އިން 22:30 އަށް، ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމްގައެވެ.
މި ޕްރޮޖެކްޓަކީ ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސިންގެ ތެރެއިން ރާއްޖޭގެ ހަތަރު ސިޓީއެއްގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ފުވައްމުލަކުގައި ތަރައްޤީކުރާ ޔޫތްހަބް އަކީ 150 މީހުންގެ ޖާގައިގެ ސްޓޭޖް އޭރިއާއަކާއި، ކޮންފަރެންސް ހޯލެއްގެ އިތުރުން ވެލްނެސް ސެންޓަރަކާއި ޒުވާނުންނާ ގުޅުންހުރި ގިނަ ވަސީލަތްތަކަކާއެކު ގާއިމުކުރެވޭ ސެންޓަރެކެވެ. އަދި އަނެއް ތިން ސިޓީތަކުގައި ގާއިމްކުރެވޭ މިފަދަ ސެންޓަރުތަކުގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށްދާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.
ފުވައްމުލަކު ރައްޔިތުންނާއި، ޚާއްސަކޮށް ޒުވާނުންގެ ބައިވެރިވުން މި ބައްދަލުވުމުގައި ބޮޑުވުމަކީ، ޒުވާނުން އެދޭފަދަ ފުރިހަމަ ގޮތެއްގައި މި ސެންޓަރު ތަރައްޤީކޮށް ނިންމުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުޞަތެކެވެ.
ކޮމެންޓް
ލޯޑިންގ...
