ޓްރެންޑިންގLoading...
Logo
ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެގަމުން ކަރަންޓު ކެނޑިއްޖެ
ޚަބަރު

ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެގަމުން ކަރަންޓު ކެނޑިއްޖެ

September 24, 2026ކިފާހް

ރޭ އިރުއޮއްސި 7:00 ގެ ފަހުގެ ވަގުތެއްގައި ފުވައްމުލަކު މާލެގަމު ސަރަހައްދުން އެއްކޮށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ކަރަންޓު ކެނޑުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ އަވަށުން ބަޔަކަށް އަލުން ކަރަންޓު ދޫކުރި ނަމަވެސް، ޣާޒީމަގުން ފެށިގެން ދޫނޑިގަމާ ދެމެދު އޮތް ސަރަހައްދަށް ކަރަންޓު ލިބިފައިވަނީ ރޭ 23:45 ހާއިރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓު މެދުކެނޑެން ދިމާވީ އެ ސަރަހައްދުގެ އެއް ޑިސްޓްރިބިއުޝަން ފޮށިން އަނެއް ފޮއްޓަށް އަޅާފައިވާ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ދިމާވެފައިވަނީ މާލެގަމު ގްރީކްގޭ އާއި މަދަރުސާގޭ އާއި ދެމެދު އަޅާފައިވާ ކޭބަލަށެވެ.

އެ ސަރަހައްދަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފައިވަނީ މަގުމަތިން ވަގުތީ ކޭބަލެއް އަޅައިގެންނެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ