
ފުވައްމުލަކުން 178 ދަރިވަރުންނާއެކު އެސްއެސްސީ އިމްތިހާނު ފަށައިފި
މިއަހަރުގެ ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނު ފުވައްމުލައް ސިޓީގެ ހަތަރު ސްކޫލަކުން 178 ދަރިވަރުންނާއެކު އިއްޔެ ފަށައިފިއެވެ. އިއްޔެ ހެނދުނު ކުރިއަށްދިޔަ ދިވެހި އިމްތިހާނުގެ ޕޭޕަރާއެކު ފެށުނު މި އިމްތިހާނުތައް އަންނަ ނޮވެމްބަރު މަހުގެ މެދުތެރެއާ ހަމައަށް ކުރިއަށްދާނެއެވެ.
ސްކޫލްތަކުން އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދުތައް
މިފަހަރުގެ އިމްތިހާނުގައި ފުވައްމުލަކުން އެންމެ ގިނަ ދަރިވަރުން ބައިވެރިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ހަތަރު ސްކޫލުން އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ތަފްސީލަކީ:
- ޏ. އަތޮޅު ތަޢުލީމީ މަރުކަޒު: 69 ދަރިވަރުން (36 އަންހެން، 33 ފިރިހެން)
- މުޙައްމަދު ޖާމާލުއްދީން ސްކޫލް: 51 ދަރިވަރުން (24 އަންހެން، 27 ފިރިހެން)
- ޙާފިޒް އަޙްމަދު ސްކޫލް: 36 ދަރިވަރުން (13 އަންހެން، 23 ފިރިހެން)
- ފުވައްމުލަކު ސްކޫލް: 22 ދަރިވަރުން (5 އަންހެން، 17 ފިރިހެން)
މިއާއެކު ފުވައްމުލަކުން މުޅި ޖުމްލަ 78 އަންހެން ދަރިވަރުންނާއި 100 ފިރިހެން ދަރިވަރުން އިމްތިހާނު ހަދަމުންދެއެވެ.
ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނަކީ ސްކޫލްތަކާއި ބެލެނިވެރިންގެ އިތުރުން މުޅި މުޖުތަމަޢުންވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ތައްޔާރުވާ މުހިންމު އިމްތިހާނެކެވެ. ތާރީޚީ ގޮތުން ބަލާއިރު، ފުވައްމުލަކަށް ނިސްބަތްވާ ދަރިވަރުންވަނީ ވޭތުވެދިޔަ އަހަރުތަކުގެ އޯލެވެލް އިމްތިހާނުތަކުގައި ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައެވެ.
ކޮމެންޓް
ލޯޑިންގ...
