ޓްރެންޑިންގLoading...
Logo
ރަށުގައި ދިރިއުޅޭ ޒުވާނުން މަދުވެ ބިދޭސީން އިތުރުވުން: ފުވައްމުލަކުގެ އާބާދީން ދޭ ސީރިއަސް އިންޒާރު
ކޮލަމް

ރަށުގައި ދިރިއުޅޭ ޒުވާނުން މަދުވެ ބިދޭސީން އިތުރުވުން: ފުވައްމުލަކުގެ އާބާދީން ދޭ ސީރިއަސް އިންޒާރު

September 21, 2026ކިފާހް

2022 ވަނަ އަހަރުގެ ބޯހިމެނުމުން ފެންނަން އޮތް ފުވައްމުލަކުގެ އާބާދީގެ ތަފާސް ހިސާބުތަކުން ފެނިގެންދާ މުހިންމު މައުލޫމާތުތަކާއި ރަށުގެ އިގުތިސާދާއި އިޖުތިމާއީ ތަރައްގީއަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ވަރަށް ބޮޑަށް އަސަރުކުރާނެ ކަންކަމެވެ. ރަށުގެ ޖުމްލަ އާބާދީއަކީ 9,177 ކަމަށް ބަޔާންވެފައިވީއިރު އާބާދީ އާ ގުޅުންހުރި ތަފާސް ހިސާބުތަކުން އެނގޭ މުހިންމު ކަންތައްތަކަކީ.

1.      ރަށުގައި ދިރިއުޅޭ ދިވެހިންގެ އާބާދީގައި އަންހެނުން އިތުރުކަން

ރަށުގައި ދިރިއުޅޭ ދިވެހިންގެ އާބާދީ 7,907 (ހަތް ހާސް ނުވަސަތޭކަ ހަތެއް) ކަމުގައި މި ބޯހިމެނުމުން ދެއްކި އިރު އޭގެ ތެރެއިން އަންހެނުންގެ އަދަދަކީ 4,193  (ހަތަރުހާސް އެއްސަތޭކަ ނުވަދިހަ ތިނެއް) ކަމަށްވާއިރު، ފިރިހެނުންގެ އަދަދަކީ 3,714  (ތިނަހާސް ހަތްސަތޭކަ ސާދަ) އެވެ. މީގެ މާނައަކީ ކޮންމެ 100 އަންހެނުންނަކަށް ޖެހެނީ 89 ފިރިހެނުންނެވެ.  ރަށުގައި ދިރިއުޅޭ އާބާދީގައި މިފަދަ ފަރަގެއް އަންނަން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ މަސައްކަތަށާއި މަތީ ތައުލީމަށް ރަށުންބޭރަށް ދާ މީހުންގެ ތެރޭގައި ނިސްބަތުން ގިނައީ ފިރިހެނުނަށް ވުމެވެ. އެހެންކަމުން  ރަށުގައި ޒުވާނުން ވަކީން ޚާއްސަކޮށް ފިރިހެނުން ހިފެހެއްޓުމަށާއި، އިޖްތުމާއީ ފޭރާން ވަރުގަދަ ކުރުމަށް އަދި އިގްތިސާދީ ގޮތުން ދެންއޮތް ހަރުފަތައް ފުވައްމުލައް ގެމްގޮސްދޭނެ އަދި އާއިލާތައް ރަށުގައި ދެމިތިބޭފަދަ އިގުތިސާދީ ފުރުސަތުތައް ފަހި ސިޓީއަކަށް ފުވައްމުލައް ވުން މުހިންމެވެ.

2. ބިދޭސީ މަސައްކަތްތެރިންނަށް ބަރޯސާވުފައިވާ މިންވަރު

2022 ވަނަ އަހރުގެ ބޯހިމެނުމުން ދައްކާގޮތުން ރަށުގައި ތިބި ބިދޭސީންގެ ޖުމްލަ އަދަދަކީ 1,270  (ބާރަސަތޭކަ ހަތްދިހަ) އެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ފިރިހެނުންނެވެ އެގޮތުން 1,196 (އެގާރަސަތޭކަ ނުވަދިހަ ހަ) ފިރިހެނުންނާއި 74  (ހަތްދިހަ ހަތަރު) އަންހެނުން އިގްތިސާދީ ނަޒަރަކުން މި އަދަދުތަކާއި ދޭތެރޭ ވިސްނާއިރު މީގެ މާނަޔަކީ ރަށުގެ އުމްރާނީ ތަރައްގީއާއި، މަސައްކަތްތެރިކަމުގެ ދާއިރާތަކަށް (ކޮންސްޓްރަކްޝަން، ދަނޑުވެރިކަން އަދި ހިދުމަތުގެ ދާއިރާއަށް ބިދޭސީ މަސައްކަތްތެރިން ބޭނުންވާ މިންވަރު ނިސްބަތުން ވަރަށް ބޮޑެވެ. މިކަމުންވެސް ރަށުގެ ވަޒީފާގެ ބާޒާރު ދިވެހި މަސައްކަތްތެރިންނަށް ބޭނުންވެފައިވާ މިންވަރު ހާމަވެގެންދެއެވެ. އާބާދީގެ ނިސްބަތުން ބިދޭސީން ގިނަވުމަކީ ފުވައްމުލައް ފަދ ކުޑަ އިގްތިސާދެއްގެ ތެރޭގައި އެނބުރޭ މަދު ފައިސާކޮޅު ބޭރުވެގެންދިޔުމަށް ހުޅުވޭ ދޮރެއްގެ އިތުރުން، އެމީހުންގެ ބޯހިޔާވަހިކަމާއި އިޖުތިމާއީ ކަންކަން ރަނގަޅަށް މެނޭޖުކުރަން ކަމާއި ގުޅޭ ދައުލަތުގެ މުއައްސަސާތަކުން އިތުރަށް ފާރަވެރިވެ އިތުރު ޚަރަދުތައް އެކަމައްޓަކައި ކުރަން ޖެހޭ ސަބަބެކެވެ.

 

3. އާބާދީއަށް ބަލާއިރު ދެމެހެއްޓެނިވި ތަރައްޤީއަށް ހުރި ފުރުސަތުތައް

ޖުމްލަ އާބާދީ 10,000 އަށްވުރެ ދަށުގައި ހުރުންއެއީ ރަށުގެ ތިމާވެއްޓަށާއި މުނިސިޕަލް ހިދުމަތްތަކަށް ބުރައަކަށް ނުވެ، ރޭވުންތެރިކަމާއެކު ތަރައްގީ ގެނައުމަށް ލިބިގެންދާ ފުރުސަތެކެވެ. އެންމެ ރަށެއްގެމައްޗަށް އެކުލެވޭ ހަމައެކަނި ރާއްޖޭގެ އަތޮޅަށްވުމުގެ ތެރެއިން ރަށުގައި ހުރި އާދަޔާ ޚިލާފު ގުދުރަތީ ސިފަތައް ބޭނުންކޮށްގެން އެކޯ ޓުއަރިޒަމް އާއި ޑައިވިން މަންޒިލެއްގެ ގޮތުގައި ރަށް ތަރައްޤީ ކުރުމާއި ވާޓިކަލް ފާމިން ފަދަ އީޖާދީ އިގްތިސާދީ ސިނާއަތްތައް ކުރިއަރުވައިގެން ރަށުގެ އިގުތިސާދު ވަރުގަދަކުރަން ފުރުސަތު ލިބިގެންދާނެއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ