ޓްރެންޑިންގLoading...
Logo
އައްޑޫ އެތްލެޓިކްސް މީޓް 2026: މުޙައްމަދު ޖަމާލުއްދީން ސްކޫލުން ބޮޑު ކާމިޔާބީއެއް ހޯދައިފި
ކުޅިވަރު

އައްޑޫ އެތްލެޓިކްސް މީޓް 2026: މުޙައްމަދު ޖަމާލުއްދީން ސްކޫލުން ބޮޑު ކާމިޔާބީއެއް ހޯދައިފި

September 19, 2026ކިފާހް

މި މަހުގެ 13 އިން 17 އަށް އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްދިޔަ "އައްޑޫ އެތްލެޓިކްސް މީޓް 2026" ނިންމާލައި، މުބާރާތުގެ ގިނަ ވަނަތަކެއް މުޙައްމަދު ޖަމާލުއްދީން ސްކޫލުން ހޯދައިފިއެވެ.

ސައުތު ޒޯން (އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދޫ އަތޮޅު) ގެ ޖުމްލަ 14 ސްކޫލަކުން ބައިވެރިވި މި މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ އިތުރުން، 16 އަހަރުން ދަށުގެ އަންހެން ބައިން އެންމެ މޮޅު ޓީމުގެ މަގާމު ހޯދާފައިވަނީ މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ. މީގެ އިތުރުން 16 އަހަރުން ދަށުގެ ފިރިހެން ބައިން ދެވަނަ ޓީމުގެ މަގާމުވެސް ހޯދާފައިވަނީ އެ ސްކޫލުންނެވެ.

މުބާރާތުގެ އެންމެ މޮޅު އެތްލީޓުން:

  • 14 އަހަރުން ދަށުގެ ފިރިހެން: އަހްމަދު އިކާން އިބްރާހިމް މުޙައްމަދު (ހާފިޒް އަހްމަދު ސްކޫލް)
    • 120 މީޓަރު، 600 މީޓަރު ދުވުން އަދި ޝޮޓްޕުޓުން ރަން މެޑަލް.
  • 14 އަހަރުން ދަށުގެ އަންހެން: ޝާރަހް އަސަދު އިބްރާހިމް (މުޙައްމަދު ޖަމާލުއްދީން ސްކޫލް)
    • 120 މީޓަރު، 600 މީޓަރު ދުވުން އަދި ހައި ޖަމްޕުން ރަން މެޑަލް.
  • 16 އަހަރުން ދަށުގެ ފިރިހެން: ހަމްދު ހުސެއިން އަލީ (މުޙައްމަދު ޖަމާލުއްދީން ސްކޫލް)
    • 100 މީޓަރު ދުވުމާއި ޓްރިޕްލް ޖަމްޕުން ރަން މެޑަލް، އަދި 800 މީޓަރު ދުވުމުން ލޯ މެޑަލް.
  • 16 އަހަރުން ދަށުގެ އަންހެން: އުޔޫން އަހްމަދު ނަދީމް (އައްޑޫ ޝަރަފުއްދީން ސްކޫލް)
    • 400 މީޓަރު ދުވުން އަދި ޓްރިޕްލް ޖަމްޕުން ރަން މެޑަލް.
  • 18 އަހަރުން ދަށުގެ ފިރިހެން: އަޒްޔާން އަލީ (ފޭދޫ ސްކޫލް)
    • 100 މީޓަރު، 200 މީޓަރު ދުވުން އަދި ލޯންގް ޖަމްޕުން ރަން މެޑަލް.
  • 18 އަހަރުން ދަށުގެ އަންހެން: އައިމިނަތު އައިކާ އަހްމަދު (އައްޑޫ ހައި ސްކޫލް)
    • 100 މީޓަރު ދުވުން، ލޯންގް ޖަމްޕް އަދި ޓްރިޕްލް ޖަމްޕުން ރަން މެޑަލް.

އައްޑޫ އެތްލެޓިކްސް މީޓް 2026 ނިންމާލާފައިވަނީ ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތަކާއެކު، ހަވާ އަރުވައިގެންނެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ