ޓްރެންޑިންގLoading...
Logo
ވިއްސާރައިގެ ސަބަބުން ދެ ފަހަރަށް ލަސްވުމަށް ފަހު، ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ސައުތު ޒޯން އެތްލެޓިކްސް މުބާރާތް ފަށައިފި
ކުޅިވަރު

ވިއްސާރައިގެ ސަބަބުން ދެ ފަހަރަށް ލަސްވުމަށް ފަހު، ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ސައުތު ޒޯން އެތްލެޓިކްސް މުބާރާތް ފަށައިފި

September 14, 2026ކިފާހް

މި ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެއްސި "ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ސައުތު ޒޯން އެތްލެޓިކްސް މުބާރާތް"، ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން ލަސްވުމަށް ފަހު އިއްޔެ މެންދުރު ފަށައިފިއެވެ.

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިދިޔަ ހުކުރު ދުވަހު ވަނީ އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް އޮރެންޖް އެލާޓުވެސް ނެރެފައެވެ. މި މޫސުމީ ނުރައްކާތަކާ ގުޅިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހެމުންދާއިރު، އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އައްޑޫ ފޭދޫގައެވެ.

ހިތަދޫގައި ފެންބޮޑުވުމުގެ މައްސަލަ އެހާ ބޮޑަށް ދިމާނުވި ނަމަވެސް، މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މުބާރާތް ފެށުން ވަނީ ދެ ފަހަރެއްގެ މަތިން ފަސްކުރަން ޖެހިފައެވެ. މި ބަދަލާ ގުޅިގެން، މިހާރު މި މުބާރާތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ފުވައްމުލަކުގެ ހަތަރު ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ:

  • މުޙައްމަދު ޖަމާލުއްދީން ސްކޫލް: 53 އެތްލީޓުން
  • ހާފިޒް އަޙްމަދު ސްކޫލް: 39 އެތްލީޓުން
  • ޏ. އަތޮޅު ތަޢުލީމީ މަރުކަޒު: 39 އެތްލީޓުން
  • ފުވައްމުލަކު ސްކޫލް: 19 އެތްލީޓުން

މުބާރާތުގައި ބައިވެރިވުމަށް ދަރިވަރުންނާއެކު ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ސްކޫލްތަކުގެ އޮފިޝަލުން ވަނީ އައްޑޫ ސިޓީއަށް ގޮސްފައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ