ޓްރެންޑިންގLoading...
Logo
ފުވައްމުލަކަކީ ކުޑަކުދިންނަށް ރައްކާތެރި ނަމޫނާ ސިޓީއަކަށް ހެދުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިގެން ކުރިޔަށް ދަނީ
ޚަބަރު

ފުވައްމުލަކަކީ ކުޑަކުދިންނަށް ރައްކާތެރި ނަމޫނާ ސިޓީއަކަށް ހެދުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިގެން ކުރިޔަށް ދަނީ

September 12, 2026ކިފާހް

ފުވައްމުލަކަކީ ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވެފައިވާ ނަމޫނާ ސިޓީއަކަށް ހެދުމަށްޓަކައި، ފުވައްމުލައް ސިޓީ ޕޮލިހާއި، ސިޓީ ކައުންސިލް އަދި ޔުނިސެފް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށައިގެން ކުރިޔަށް އެބަދެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަދަން ރީޖަނަލް ކޮމާނޑުން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، ގޭތެރެއާއި ސްކޫލް މާހައުލުގެ އިތުރުން މުޖުތަމައުއާއި އޮންލައިން ޕްލެޓްފޯމްތަކުގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ހަރުދަނާ ޕްލޭނެއް އެކުލަވާލުމެވެ.

މި ޕްލޭނާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މީގެ ތިން ހަފްތާ ކުރިން ވެސް ބައްދަލުވުންތަކެއް ބާއްވާފައިވާ އިރު، މި މަހުގެ 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަކީ މި ޕްލޭނަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ޕްރޮގްރާމަށް ޓެކްނިކަލް ސަޕޯޓް ދޭ ޔުނިސެފުން މައުލޫމާތުދޭ ގޮތުގައި، މި މަހުގެ ފަހުކޮޅު ޕްލޭން ފައިނަލް ކުރުމުގެ އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަމާޒަކީ މިއަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މި ޕްރޮގްރާމް ރަސްމީކޮށް އިފްތިދާހު ކުރުމެވެ. މީގެއިތުރުން ފުވައްމުލަކުގެ މުއައްސަސާ ތަކުން އިސްނަގައިގެން މިފަދަ މަސައްކަތެއް ކުރުމަކީ މިކަމުން އެދެވޭ ނަތީޖާއެއް ނެރެވޭނެކަމުގެ އުންމީދު ބޮޑު ކަމެއް ކަންވެސް ޔުނިސެފުންވަނީ ފާހަނގަކޮށްފައެވެ.

ބައްދަލުވުމާ ގުޅޭ މައިގަނޑު މައުލޫމާތު:

  • ތާރީހު: 15 ސެޕްޓެމްބަރު 2026
  • ގަޑި: ހަވީރު 16:00 އިން 18:00 އަށް
  • ތަން: ފުވައްމުލައް ސިޓީ
  • ބައިވެރިވެވޭ ފަރާތްތައް: އުމުރުން 16 އަދި 24 އަހަރާ ދެމެދުގެ ޒުވާނުންނަށް

ފުވައްމުލައް ސިޓީއަކީ ކޮންމެ ކުއްޖަކަށްވެސް އޯގާތެރި އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި ޒުވާނުންގެ ދައުރު ބޮޑުކަމަށްވާތީ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވެ، އެ ކުދިންގެ ހިޔާލާއި ތަޖުރިބާ ހިއްސާކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި، ނެއިބަހުޑް ޕޮލިސް އަދި ޔުނިސެފުން ވަނީ ދައުވަތު އަރުވާފަ އެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ